Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

ކޮރަޕްޝަނުގެ މައްސަލައިގެ ތަހުގީގަށް ގާޒީ ބާރީގެ އަނބިކަނބަލުން އޭސީސީ އަށް ހާޒިރުކޮށްފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް އެބޭފުޅާގެ އަނބިކަނބަލުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބާރީގެ އަނބިކަނބަލުން އޭސީސީއަށް ހާޒިރުކޮށްފައިވަނީ، އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅިގެން މައުލޫމާތު އޮޅުން ފިލުވުމަށެވެ.

ގާޒީ ބާރީގެ އަނބިކަނބަލުން އޭސީސީއަށް ހާޒިރުކުރިކަން އެކޮމިޝަނުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

ނަމަވެސް އޭސީސީ އަށް ބާރީގެ އަނބިކަނބަލުން ހާޒިރު ކުރުމާއި ބެހޭގޮތުން މިހާތަނަށް ރަސްމީކޮށް އޭސީސީއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާރީގެ އަނބިކަނބަލުންގެ އަކައުންޓަށް ބައެއް ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ވަނީ އޭސީސީ އަށް ހުށަހަޅާފައެވެ..