Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޝެއިހް އިމްރާން ޖަލަށް ގެންދަން އަމުރުކޮށްފި

ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުން ޝެއިޚް އިމްރާން ކޯޓަށް ހާޒިިރުކުރުމަށް ގެންދަނީ. އައްޑޫލައިވް ފޮޓޯ: ޒަހީން

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަދަލަތު ޕާޓިގެ ރައީސް ޝެއިހް އިމްރާން ގޭބަންދުގައި ހުއްޓާ ޖަލަށް ގެންދަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ބޭސްފަރުވާއަށް ގޭބަންދަށް ބަދަލުކޮށްފައިވާ ޝެއިހް އިމްރާން ޖަލަށް ބަދަލު ކުރުމަށް މިއަދު ހުކުމް ކުރި އިރު އިމްރާން ހައްޔަރު ކުރި މައްސަލާގެ ޝަރީއަތުގައި ގާޒީ ބާރީ ވަނީ ހެކި ހުށަނާޅަނީސް އިމްރާން އާއި މެދު "ގޮތެއް ނިންމަވާފައިވާ" ކަމަށް ޝަރީއަތުގައި ބުނެފައެވެ.

އަދި އެދުވަހުގެ ޝަރީއަތުގައި ތަފާތު ސުވާލުތަކެއް އިމްރާން އާއި ކޮށްފައެވެ.

ޝެއިހް އިމްރާން މިއަދު ޖަލަށް ބަދަލު ކުރި އިރު އެމަނިކުފާންގެ އަބިކަބަލުން ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގެންފައިވާ އިރު އިމްރާންގެ ތުއްތު 4 ކުދިން ބަލަހައްޓަމުން ދިޔައީ އިމްރާން ކަމަށް އަދާލަތު ޕާޓީން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.