Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އޮޑިޓުން ބެލީ އެމްއެމްޕީއާރްސީން ރައީސް ޔާމީންއަށް ލިބެންވާ ހިއްސާ ބަރާބަރަށް ލިބުނުތޯ: ރޮޒޭ

އެމްއެމްޕީއާރްސީގެ އޮޑިޓެއް ރައީސް އޮފީހުގެ އެދުމަކަށް ކޮށްފައިވަނީ ރައީސް ޔާމީން ލިބެންޖެހޭ ފުރިހަމަ ހިއްސާ ބަރާބަރަށް ލިބިފައިވޭތޯ ބެލުމަށްކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އޮޑިޓް ރިޕޯޓުން ރައީސް ޔާމީން ބައްލަވަން ބޭނުންފުޅުވީ ދައުލަތަށް ކިހާ ފައިސާއެއް ވަދެފައިވޭތޯ އާއި ރައީސްއަށް ނޭގި އަދީބް ފައިސާއެއްގައި ޖެހިފައިވޭރޓޯ ކަމަށެޗެ.

އަދި އޮޑިޓް ރިޕޯޓުން އެކަން ވަރަށް ރަނގަޅަށް ރައީސް ޔާމީންއަށް އެނގިވަޑައިގަތްކަމަށް ރޮޒޭ ވިދާޅުވިއެެވެ.

ރޮޒޭ ވިދާޅުވީ ރައީސް ޔާމީން ގެ އެޕްރޫވަލެއް ނެތި ހިނގާފައިވާ ކަންކަން ކަމަށް ވާނަމަ ނަހަމަ ގޮތުގައި ދީފައި ހުރި ރަށްތައް އަތު ނުލެވެންވީ ސަބަބެއް ނެތްކަމަށެވެ. އަދި ހަމައެއް އުސޫލެއް ނެތި ދީފައިވާ ރަށްތައް އަތުލެވެންޖެހޭނެ ކަމަށް އޮޒޭ ވިދާޅުވިއެވެ.

ރޮޒޭ އިތުރަށް ވިދާޅުވީ ގެއްލިފައިވަނީ ދވެހި ރައްޔިތުންގެ ފައިސާކަމަށާއި އަދި ހަމައެއް އުސޫލެއް ނެތި ދޫކޮށްގެންވަނީ ރައްޔިތުންގެ މުދާކަމަށާއި އެތަކެތި ރައްޔިތުންނަށް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

މިއަހަރުގެ ރިއާސީ ބަޔާން އިއްވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވިއިރު އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ޖަމާކުރިކަމަށް އޮޑިޓް ރިޕޯޓްގައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ބުނީ އޮޑިޓް ރިޕޯޓްގައި ވާ އެއްވެސް ފައިސާއެއް އެކުންފުނިން ބޭނުން ނުކުރާ ކަމަށާއި، އެފައިސާ ރައީސް ޔާމީންގެ ދެކަބަލުންނަށާއި ޕީޕީއެމްގެ އިސް ބޭފުޅުންގެ އެކައުންޓްތަކަށް "އެދުނު" ގޮތުގެ މަތިން ޖަމާކޮށް ނިންމާފައިވާ ކަމަށެވެ.