Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކުރީގެ ޕީޖީ މުހްތާޒު ހައިކޯޓަށް މިރޭ ހާޒިރު ކުރަނީ

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް "ސައްހަ" ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ރޭ ހައްޔަރު ކުރި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒު މުހުސިން މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލުމާއި ގުޅިގެން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް މިރޭ ހައިކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފިއެވެ.

މުހްތާޒު ހައިކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 11:45އަށެވެ.

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އާއި ގާތްގުޅުމެއް އޮންނަ މުހްތާޒު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރީ ފުލުހުންނެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާކަމަށް ދެއްކުމަށްޓަކައި ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ ކުރީގެ ޕީޖީ މުހްތާޒުއެވެ. ދެން ހައްޔަރު ކޮށްފައިވަނީ އދ. މާމިގިލީ ކޯޓުގެ ގާޒީ އަހުމަދު ނިހާން، 30،އެވެ. އޭނާގެ ބަންދަށް ހައި ކޯޓުން ހަތް ދުވަސް މިއަދު ވަނީ ޖަހައިފި އެވެ.

.