Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ކުރީގެ ޕީޖީ މުހުތާޒު މެންދުރު ހައިކޯޓަށް ހާޒިރު ކުރަނީ!

ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން -- ވީފައިލް ފޮޓޯ

ރައީސް ޔާމީން ހައްޔަރު ކުރުމަށް "ސައްހަ" ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރު ކުރި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) މުހްތާޒު މުހުސިން މިއަދު މެންދުރު 1:30އަށް ހައިކޯޓަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ މުހުތާޒު ހައްޔަރު ކުރުމަށް ފަހު އިއްޔެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން އެމައްސަލަ ފުލުހުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އަދި އެމަސައްލާއި ގުޅިގެން ރޭ ދަންވަރު 11:45ގައި ހައިކޯޓަށް ހާޒިރު ކޮށް ވަކީލަކު އައްޔަން ކުރުމަށް މުހުތާޒްއަށް ވަނީ ފުރުސަތުދީފައެވެ.

މުހުތާޒް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކާނަލް ނާޒިމްގެ ޝަރީއަތް ފަޓާސް ބަރިއެއްހެން ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކޮށް ބޮޑު މަޝްހޫރުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.