Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މިނިސްޓަރ ޖިހާދުގެ މަލާމާތް އައްޑޫ ކައުންސިލަށް؛ "ކާންދޭ އަތުގައި ދަތް ނާޅާތި"!

ފާއިތުވި ނޮވެމްބަރ މަހުގެ ތެރޭގައި އައްޑޫ ކައުންސިލަށް މިނިސްޓަރ ޖިހާދު ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން.

މިއަދު ހެނދުނު އައްޑޫގައި ހުންނަ މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، "ކާން ދޭ އަތުގައި ދަތް ނޭޅުމަށް" ފިނޭންސް މިނިސްޓަރ ޖިހާދު އިލްތިމާސް ކުރައްވައިފިއެވެ.

ޖިހާދު މިގޮތަށް ވިދާޅުވެފައި ވަނީ، މީރާގެ އައްޑޫ އޮފީސް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގެ މުހިއްމުކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ތަރައްޤީގެ ޕްލޭންތައް ކާމިޔާބު ކުރުމަށް ޓަކައި ސިޔާސީ ފިކުރު ތަފާތު ވިޔަސް ސަރުކާރަށް އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ކާން ދޭ އަތުގައި ދަތް ނޭޅުމަށް" އިލްތިމާސްކޮށް މިނިސްޓަރ ޖިހާދު ނުސީދާ ގޮތެއްގައި ކައުންސިލަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީރާގެ އައްޑޫ އޮފީސް މިއަދު ރަސްމީކޮށް ހުޅުވި ނަމަވެސް އެތަނުން ފާއިތުވި އަހަރުގެ ޖުލައި މަހުން ފެށިގެން އަންނަނީ ޚިދުމަތް ދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުޅުދޫ އާއި މީދޫގެ ރައްޔިތުން މީރާއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ހުޅުދޫގައި ވަރަށް އަވަހަށް މީރާގެ ޑެސްކެއް ޤާއިމްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.