Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ކަރަންޓްގެ އަގު ހެޔޮ ކުރަން ރައީސް ނިންމައިފި

އައްޑޫ ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް އޮފީސް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

މި މަހުގެ 1 ވަނަ ދުވަހުންފެށިގެން ކަރަންޓް އަގުބޮޑު ކޮށްފައިވަނިކޮށް އަގު ހެޔޮ ކުރަން ރައީސް ޔާމީން ނިންމަވައިފިއެވެ.

ތިމާވެއްޓާއި ބެހޭ މިނިސްޓަރު ތާރިގް އިބްރާހިމް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ކަރަންޓުގެ ޓެރިފް ރޭޓްތައް ދަށްކުރުމަށް ރައީސް ޔާމީން ނިންމަވައިފި ކަމަށެވެ.

ތޯރިގް ވިދާޅުވީ ރައީސް އެގޮތަށް ނިންމެވީ ދުނިޔޭގެ ބަޒާރުގައި ތެޔޮ އަގުހެޔޮވަމުން އަންނާތީ ކަމަށެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަރަންޓް އަގު ބޮޑު ކުރުމާއި ގުޅިގެން އަދާލަތު ޕާޓީން ވަނީ އެކަމާއި ދެކޮޅަށް ނޫސްބަޔާން ނެރެފައެވެ. އަދާލަތުގެ ނޫސް ބަޔާންގައިވަނީ އެ ނިންމުން އަނބުރާ ގެންގޮސް ރައްޔިތުންނަށް އަގު ހެޔޮ ރޭޓެއްގައި ކަރަންޓް ދިނުމަށެވެ.

ރައީސް ކަރަންޓްގެ އަގު ހެޔޮ ކޮށްފައިމިވަނީ އިދިކޮޅު ސިޔާސީ ޕާޓީ ތަކާއި އެކު މަޝްވަރާ ކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.