Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ކައުންސިލުން ހޮޓްލައިނެއް ތައާރަފުކޮށްފި

އެކިއެކި ކަންކަމާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ވީހާ ވެސް ފަސޭހައިން ކައުންސިލަށް ރިޕޯޓް ކުރެވޭ ގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން މިއަދު ހޮޓްލައިނެއް ތައާރަފުކޮށްފި އެވެ.

ކައުންސިލް އިދާރާގައި މެންދުރު ފަހު ބޭއްވި ބައްދަލުވުމެއްގައި، އެ ހޮޓްލައިން ތައާރަފުކޮށް ދެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ހޮޓްލައިން ނަމްބަރަކީ 7905003 އެވެ.

މި ބައްދަލުވުމުގައި މޭޔަރު ވިދާޅުވި ގޮތުގައި ކައުންސިލުން ހޮޓްލައިނެއް ތައާރަފު ކުރަން ނިންމި މައިގަނޑު ސަބަބަކީ، ރަސްމީ ގަޑި ނޫން ގަޑިތަކުގައި ވެސް އާންމުންނާއި ކައުންސިލާ ދެމެދު ގާތް ގުޅުމެއްް ބޭއްވުން ކަމަށާއި މިއީ ރައްޔިތުންނާ ގާތުން ހިދުމަތްދޭއިރު، މުހިއްމު ކަމަކަށް ވާނެ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވި ގޮތުގައި ރައްޔިތުން އެކި ކަންކަމާ ގުޅިގެން ކައުންސިލަށް ހުށަހަޅަން ބޭނުންވާ ޝަކުވާތަކާއި ރިޕޯޓް ކުރަން ބޭނުންވާ މައްސަލަތައް ހޮޓްލައިނަށް ގުޅައިގެން ނުވަތަ މެސެޖްކޮށްގެން ވެސް ކުރިއަށް ގެންދެވޭ އިރު ރިޕޯޓް ކުރާ މައްސަލަތަކާއި ޝަކުވާތައް ކައުންސިލްގެ އިދާރީ މުވައްޒަފުން ނޯޓްކޮށް، ވީހާ ވެސް އަވަހަކަށް އެކަމަކާ ގުޅުން ހުރި ފަރާތަކާ ހަމައަށް ގެންދާނެ ކަމަށެވެ.

JKKJ

"އެހެން ނަމަވެސް މި ނަމްބަރުގެ ބޭނުން ނާޖާއީޒު ގޮތުގައި އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން. މިކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އެދިފައި އޮތް ކަމަކަށް ވެފައި އަދި ވަރަށް މުހިއްމު ވެސް ހިދުމަތަކަށް ވުމާ އެކު ހޮޓްލައިނެއް ތައާރަފު މިކުރީ،" މޭޔަރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ކައުންސިލްގެ ހޮޓްލައިން ނަމްބަރަކީ ޓޯލް ފްރީ ނަމްބަރަކަށް ހެދުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށާއި ދިރާގާއި މަޝްވަރާކޮށްގެން އެފަދަ ފުރުސަތެއް ހަމަޖެއްސޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.