Last Updated: April 26, 15:47
Friday, April 26, 2024
މީހުން

އިބްރާހީމްދީ އައިސީޔޫގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ބްރިގޭޑިއަ ރިޓަޔަޑް އިބްރާހިމް މުޙައްމަދުދީދީ ހާލުކޮޅު ދެރަވެގެން އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ކޮށް ފަރުވާ ދޭން ފަށައިފި އެވެ.

"އައްޑޫ ލައިވަ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާގެ ކޮމާންޑަރު އިބްރާހިމް ދީދީ ހޮސްޕިޓަލަށް ވަޑައިގެންނެވީ ލޭގެ ޕްރެޝަ މައްޗަށް ދިޔުމުން ޑޮކްޓަރަށް ދެއްކުމަށްޓަކަ އެވެ.

ނަމަވެސް އިމަޖެންސީ އޮބްޒަވޭޝަނެއް ހެދުމަށްޓަކައި އިބްރާހީމްދީ ފަހުން އައިސީޔޫގައި އެޑްމިޓް ކުރީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ހިތުގެ މައްސަލައަކާ ގުޅިގެން އިބްރާހިމް ދީދީ އައިސީޔޫގައި އެޑްމިޓްކޮށްފައިވާ އިރު އެމްޑީޕީ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައަވާކޮށް އިބްރާހިމް ދީދީގެ މައްޗަށް ދަނީ ޝަރީއަތްކުރަމުންނެވެ.

ހޮސްޕިޓަލުގައި ހުރި އިބްރާހިމް ދީދީގެ ގާތް ބޭފުޅަކު އައްޑޫ ލައިވަށް މައުލޫމާތު ދެމުން ބުނީ އިބްރާހިމް ދީދީ އައިސީޔޫގައި އެޑްމިޓް ކޮށްފައިވަނީ "ކާޑިއޯ ތްރެޓް"އެއްގެ ސަބަބުން ކަމަށެވެ.