Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ބިދޭސީއަކު ދަންޖެހިގެން މަރުވެއްޖެ

ހިތަދޫގައި މިރޭ ބިދޭސީއަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މީހަކު ދަންޖެހިގެން އުޅޭ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުނީ މިރޭ 8:30 އެހާކަށްހާ އިރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި ދަންޖެހިގެން މަރުވީ ހިތަދޫ "ބުކް ސީޒަން" ފިހާރައިގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

އޭނާގެ ނަމަކީ މުހައްމަދު ޖުވަލް މިއާ، 29، އެވެ.

މިއާ ދަންޖެހުނުކަން އެނގުނީ ފިހާރަ ހުޅުވާ ގަޑި ޖެހުނު އިރު ވެސް އޭނަަގެ ހަަބަރެއް ނުވެގެން، އޭނާ ދިރިއުޅޭ ކޮޓަރި އަށް ގޮސް ބެލި އިރު ކަމަށްވެ އެވެ.

ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު އިންސްޕެކްޓަރު އޮފް ޕޮލިސް ހުސައިން ސަމީރް ވިދާޅުވީ ދަންޖެހުނު މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

މަރުވި މީހާގެ ހަށިގަނޑު މި ވަގުތު އޮތީ ހޮސްޕިޓަލުގަ އެވެ.