Last Updated: April 26, 10:52
Friday, April 26, 2024
ދީން

ފޭދޫ އަށް ވެސް ނޫރުލް ޖަމިއްޔާގެ އެހީ

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ކާބޯތަކެތީގެ އެހީގެ ޚާއްޞަ ޕްރޮގްރާމް މި އަހަރު ފޭދޫގައި ވެސް ދިރިއުޅޭ ފަޤީރު ޢާއިލާތައް ހޯދައި އެ ފަރާތްތައް ވެސް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ކުރިން މި ޕްރޮގްރާމް ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔައީ ހިތަދޫ ގައެވެ. އެގޮތުން

މި ޕްރޮގްރާމްގެ ދަށުން ފާއިތުވި އަހަރު ކާބޯތަކެތީގެ އެހީއަށް ބޭނުން ޖެހިފައިވާ 14 ޢާއިލާއަކަށް އެހީތެރިކަން ވަނީ ފޯރުކޮށް ދީފަ އެވެ.

އެގޮތުން ކޮންމެ ޢާއިލާއަކަށް ހަނޑުލާއި ހަކުރާއި ފުށް ފަދަ ކާޑުގެ ބާވަތްތަކާއި، ކެއްކުމަށް ބޭނުން ކުރާ އެހެނިހެން ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އަދި ޖުމްލަކޮށް ޢާއިލާއަކަށް 1،500ރ. ގެ ކާބޯތަކެތި ނޫރުލް އިސްލާމުން ވަނީ ފަގީރު އާއިލާތަކަށް ފޯރުކޮށް ދީފަ އެވެ.

މި ކަން ކުރިއަށް ގޮސްފައި ވަނީ އެ ޖަމްޢިއްޔާގެ ގޮވާލުމަށް އިޖާބަ ދިން ބައެއް ފަރާތްތަކުގެ ދީލަތި އެހީތެރިކަމާ އެކުގަ އެވެ.

ކުރީ އަހަރުގެ ތަޖުރިބާއަށް ބަލައި، މި އަހަރު މި ޕްރޮގްރާމް ފުޅާ ކުރުމުގެ ގޮތުން ނޫރުލް އިސްލާމްގެ ފޭދޫ ގޮފީގެ އެހީތެރިކަމާ އެކު ފޭދޫގައިވެސް މި އަހަރު މިޕްރޮގްރާމް ހިންގުމަށް ވަނީ ނިންމައިފަ އެވެ.

HHJ

އެހެންވެ ފޭދޫގައި ތިބި ފަގީރު އާއިއލާތަކާ ބެހޭ މައުލޫމާތު އެނގޭ ފަރާތްތަކުން، ޖަމްޢިއްޔާ އާ އެމަޢުލޫމާތު ޙިއްސާ ކުރުމަށް ވަނީ އެދިފަ އެވެ. އެދެމެވެ.

"މިގޮތުން ލިބޭ މަޢުލޫމާތު ކަށަވަރު ކުރުމަށް ޖަމްޢިއްޔާގެ ޚާއްޞަ ވަފްދެއް، އެ ޢާއިލާތަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިފަދަ ފަރާތްތަކުގެ މަޢުލޫމާތަކީ ޖަމްޢިއްޔާގެ ސިއްރެކެވެ. އެއްވެސް ފަރާތަކާ އެމަޢުލޫމާތު ޙިއްސާ ނުކުރެވޭނެ އެވެ." ނޫރުލް އިސްލާމުން ބުންޏެވެ. "މި ފުރުޞަތުގައި ނޫރުލް އިސްލާމުން ހިންގާ ޙަރަކާތްތަކަށް ތިޔަ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މި ޖަމްޢިއްޔާގެ ކުރިއަށް ހުރި ޙަރަކާތްތަކުގައިވެސް ތިޔަ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް ޔަޤީން ކުރަމެވެ."