Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ނާޒިމާއި ޕެންޑްރައިވްއަކާ ގުޅުމެއް ނެތް!

ކުރީގެ ޑީފެންސް މިނިސްޓަރ ކާނަލް ނާޒިމް.

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދް ނާޒިމް ދިރިއުޅުއްވާ ގެއިން ފެނުނު ޕެންޑްރައިވް އާއި އެބޭފުޅާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ރޭގައި ކޯޓުގައި ފުލުހަކު ހެކިބަސް ދިން ކަން އައްޑޫ ލައިވަށް މައުލޫމާތު ލިބިއްޖެ އެވެ.

ނޫސްވެރިންނާއި އާންމުން ނެރުމަށް ފަހު ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ޕެންޑްރައިވް ތަހުލީލް ކުރި ފުލުސް މީހާ ބުނެފައިވާ ކަމަށް ވަނީ "ޕެންޑްރައިވް އާއި ނާޒިމް އާއި ގުޅުވޭ ފަދަ އެއްވެސް ހެއްކެއް ލިބިފައި ނުވާ" ކަމަށެވެ.

ރޭގައި ސިއްރުން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އިން ބޭފުޅަކު (މަޤާމާއި ނަން އުނިކުރެވިފައި) ބުނީ ރޭގެ އަޑު އެހުމުގައި ޕެންޑްރައިވްގެ ރިޕޯޓުވެސް ނާޒިމްގެ ވަކީލުންގެ ޓީމާއި ނާޒިމާއި ހިއްސާކޮށްފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ނާޒިމްގެ ޤާނޫނީ ވަކީލުންގެ ޓީމްގެ ބޭފުޅަކާއި ގުޅާލުމުން ސިއްރުން ބޭއްވި ޝަރީޢަތުގެ މަޖިލީހެއް ކަމަށް ވާތީ އެމަޖިލީހުގައި ދެއްކުނު ވާހަކަ ހާމަކުރުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ.