Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

ހިޔާނާތުގެ ތުހުމަތަކީ ދޮގެއް: ޝިލްޕާ

ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާ މަކަރާއި ހީލަތް ހަދައި، 9 ކްރޯޑް ރުޕީސް އަށް ހިޔާނާތްތެރިވި ކަމަށް ބުނެ ކަލްކަތާގެ ކުންފުންޏަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް ހަގީގަތެއްް ނެތް ދޮގު ތުހުމަތެއް ކަމަށާއި އެފަދަ ވާހަކައެއް އެ މީހުންނާ ބެހޭ ގޮތުން ދެއްކި ފަރާތާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޝިލްޕާ ބުނެފި އެވެ.

އަނބުރާ ދެ އަހަރުގެ ތެރޭގައި ދައްކައި ހަލާސް ކުރާ ގޮތަށް ޝިޕްލާ އާއި ރާޖް ކުންދްރާގެ އެސެންޝަލް ސްޕޯޓްސް އެންޑް މިޑިއާ ޕްރައިވެޓް ލިމިޓެޑަށް 9 ކްރޯޑް ރުފީސް ދިން ކަމަށް ބުނެފައި ވަނީ އެމްކޭ މީޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.

އެ ކުންފުނީގެ އެޑިޝަނަލް ޑިރެކްޓަރު ދެބާޝިސް ގުހާ ބުނެފައި ވަނީ ޝިލްޕާގެ މައްސަލަ ފުލުހުންނާ ހަމައަށް ގެންދިޔައީ، އަނބުރާ ފައިސާދޭތޯ އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުން ކަމަށެވެ.

އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުގެ ކުރިން ކަލްކަތާ ހައި ކޯޓަށް ވެސް ހުށަހެޅި ކަމަށް ގުހާ ބުންޏެވެ.

BNKL

އެމްކޭގެ ތުހުމަތުތަކާ ގުޅިގެން ޝިލްޕާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ 9 ކްރޯޑް ރުޕީސް ކުންފުންޏަކަށް ދައްކަން ޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ތެދެއް ނަމަ ހެކި ދެއްކުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.

HJKHK

ޝިލްޕާ އަދި ބުނީ އެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވައި މަޝްހޫރު ވާން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އޭނާގެ އަގު ވެސް މިފަދަ އަސްލެއް ތުހުމަތަކާ ގުޅިގެން ވައްޓައި ނުލެވޭނެ ކަމަށެވެ.

HJKHLKJKL

ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާ އަދި ބުނީ މި މައްސަލައިގައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށާއި އޭނާގެ އަގު ވައްޓާލަން މަސައްކަތް ކުރި ފަރާތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

މި މައްސަލާގައި ރާޖް ކުންދްރާ ވެސް ވަނީ ޓްވިޓާ މެދުވެރިކޮށް އެެމްކޭ އަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ.

HJHKLJ

އޭނާ ބުނީ ހިޔާނާތްތެރިންތަކެއްގެ މައްޗަށް ހިޔާނާތްވި ކަމަށް ބުނުމަކީ ޖޯކެއް ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅި ފަރާތުގެ ހަގީގަތް ފުރަތަމަ ވެސް ފުލުހުންނާއި ކޯޓުން ބަލަން ޖެހޭ ކަމަށް ކުންދްރާ ބުންޏެވެ.