Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ކައުންސިލަރުންނާ ގުޅާލަން ބޭނުންތަ؟

ސީދާ އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާ ހަމައަށް ގެންދަންވެފައި އޮތް އެއްވެސް ޝަކުވާއެއް އެބަ އޮތް ހެއްޔެވެ؟

ޝަކުވާއެއް ނެތަސް، އެއްވެސް ކައުންސިލަރަކާ އެއްވެސް ވާހަކައެއް ހިއްސާކޮށްލަން ބޭނުންވާ ނަމަ، ކޮންމެ ރައްޔިތަކަށް ވެސް އެއީ ހުޅުވާލެވިފައި އޮތް ފުރުސަތެކެވެ.

މިހާރު މި އޮތީ ކައުންސިލަރުންގެ ނަމްބަރެއް ސީދާ ގުޅޭލެވޭ ފުރުސަތެއް ކޮންމެ ރައްޔިތަކަށް ވެސް ފަހިކޮށް ދީފަ އެވެ.

ކައުންސިލަރުންގެ ނަމްބަރުތައް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުކޮށްފަ އެވެ.

11058303_540132429462355_6777447276135141183_n

ތިރތީގައި މި ވަނީ ނަމްބަރުތަކެވެ.

* މޭޔަރު އަދި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ): 7924030

* ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ދާއިރާ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް): 7774310

* ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދު (އަހަންމާގަ ފަހުމީ) : 9996602

* ހިތަދޫ މެދު ދާއިރާ ކައުންސިލަރު ހުސައިން ހިލްމީ: 7772969

* ހުޅުމީދޫ ދާއިރާ ކައުންސިލަރު އަލީ މުހައްމަދު (އައްދު): 7900512

* ހތަދޫ ދެކުނު ދާއިރާ ކައުންސިލަރު މުހައްމަދު ޔަސްރިފް: 7781342

މީގެ އިތުރުން ކައުންސިލުން ދާދި ފަހުން ވަނީ ހޮޓްލައިނެއް ވެސް ތައާރަފުކޮށްފަ އެވެ. ހޮޓްލައިނަކީ 7905003 އެވެ.

ކައުންސިލްގެ އޮނިގަނޑު މިހާރު ރޭވިފައިވާ ގޮތުން ޓޮމްއަކީ ކައުންސިލަ ފޮ ކޯޕަރޭޓިވް ސާވިސް އެވެ. ހިލްމީއަކީ ކައުންސިލަ ފޮ އެންވަޔަރަމަންޓް ސާވިސަސް އެވެ.

ޔަސްރިފަކީ ކައުންސިލަ ފޮ ލޭންޑް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ އެވެ.

ފަހުމީ އާ އިކޮނޮމިކް ޑިވެލޮޕްމަންޓް ހަވާލުކޮށްފައިވާ އިރު އައްދުއަކީ ކައުންސިލަ ފޮ ސޯޝަލް ސާވިސަސް އެވެ.