Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މަރަދޫފޭދޫ ބޮޑު މަގާއި ލިންކް ރޯޑް ވަންވޭއަކަށް!

މަރަދޫފޭދޫ ބޮޑު މަގާއި ލިންކް ރޯޑް ވަންވޭއަކަށް ހަދާލުން ކިހިނެއް ވާނެ ބާވަ އެވެ؟

މިއީ "އައްޑޫ ލައިވް" ގެ ހިޔާލެއް ނޫނެވެ. އެކަމަކު މަރަދޫ ކައުންސިލަރު އަދި އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ގެ ވިސްނުމުގައި އޮތް ހިޔާލެކެވެ.

އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ރޭ ލިޔުއްވާފައި ވަނީ މިހެންނެވެ؛

ghjghjkh

"މަރަދޫފޭދޫގެ ބޮޑު މަގާއި ލިންކް ރޯޑް ވަންވޭ ކުރުމަކީ މުސްތަގުބަލަށް ރަނގަޅު ކަމެއްތޯ؟ ޕާކިން ޒޯން، ބައިކް ދުއްވާނެ ލޭނެއް އަދި ހިނގާ މީހުންނަށް މަގުން ޖާގަ ބޭނުންވޭ،" ޓޮމްގެ ސްޓޭޓަސްގައި ލިޔުއްވާފައިވެ އެވެ.

އޭނާގެ މި ސްޓޭޓާ ގުޅިގެން ބައެއް މީހުން އެ މީހުންގެ ހިޔާލުތައް ފާޅުކޮށްފައިވެ އެވެ. ގިނަ މީހުން ބުނެފައި ވަނީ އެކަން ކުރަން ނުފެންނަ ކަމަށެވެ.

BHGBKKJNS

އޭގެ ބަދަލުގައި މަގުގެ ބޭނުން ހިފޭނެ އެއަށް ވުރެ ރަނގަޅު ގޮތްތަކެއް އެބަހުރި ކަމަށާއި މަގުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރުން މާ މުހިއްމު ކަންތައްތަކެއް ހުރިކަން ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ.