Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މަގުތައް ވަންވޭ ކުރަން ލަފާ ދީފި

ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އާންމު އައްޑޫގެ ބޮޑެތި މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މަދުކޮށް މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަނން އިތުރު ކުރުމަށް އައްޑޫގައި ތާރު އަޅައިގެން ހަދާފައިވާ ބައެއް މަގުތަކުގެ ބައެއް ހިސާބުތައް ވަންވޭ ކުރަން އައްޑޫ ސިޓީ ކައުންސިލަށް ލަފާ ދީފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ކައުންސިލްގެ އެދުމުގެ މަތިން އެ އޮތޯރިޓީގެ ޓީމެއް އައްޑޫ ސިޓީގެ މަގުތައް ސާވޭކޮށް ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ލިންކް ރޯޑަކީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި މަގަކަށް ވާތީ އެ މަގަށް ބޮޑެތި ބަދަލުތައް ގެނެސް ވަރަށް ގިނަ މަރާމާތުތައް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ ދާދި ފަހުން ލަންކާގެ ސަރުކާރުގެ އެހީގައި ހަދާފައިވާ މަގުތަކަކީ ރަނގަޅު ފެންވަރެއްގައި ހަދާފައިވާ މަގުތަކެއް ކަަމށް ވާތީ އެ މަގުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކޮށް އެ މަގުތަކުގައި ވެސް ވެހިކަލްތައް ދުއްވުމުގައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ލަންކާ ސަރުކާރުގެ އެހީގައި ހަދާފައިވާ މަގުތަކަކީ ދެކޮޅަށް ދުއްވޭ ގޮތަށް ހަދާފައިވާ މަގުތަކެއް ކަމަށް ވުމުން އެކްސިޑެންޓްތައް ހިގުމަށް މަގުފައިވާ ކަމަށެވެ. އަދި އެ މަގުތަކުގެ ދެ ފަރާތުގައި ވެހިކަލްތައް ޕާކްކޮށްފައި ހުރުމަކީ ވެސް އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ac1-1

އެހެންވެ އެފަދަ މަގުތައް ވަކި ހިސާބަކުން ވަންވޭ މަގުތަކަކަށް ބަދަލު ކުރުމަށް ކައުންސިލަށް ލަފާ ދީފައި ވާނެ ކަމަށް ނާފިޒް ވިދާޅުވި އެވެ.

ނާފިޒް އަދި ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވާއިދު ބުނާ ގޮތުން ވަކި ވަރަކަށް ވުރެ ސްޕީޑް މަތިކޮށްގެން ދުއްވޭ މަގުތަކުގައި ހެލްމެޓް އަޅަން ޖެހޭނެ ކަަމަށެވެ.

އެކަމަކު އައްޑޫ ލިންކް ރޯޑްގައި ވެހިކަލް ދުއްވާ ފަރާތްތަކުން ހެލްމެޓް އަޅަނީ ހަމައެކަނި ނަމެއްގައި ކަަމަށް ވިދާޅުވި އެވެ.

"މަގުތަކުގެ ސާވޭ ރިޕޯޓްގައި މަގަތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި އިސްލާހު ކުރަން ޖެހޭ ކަންތައްތައް ރިޕޯޓްގައި ހިމަނާނެ. އެ ރިޕޯޓް ވީއެންމެ އަވަސް ފުރުސަތެއްގައި އައްޑޫ ސިޓީ ކައުންސިލާ ހަވާލު ކުރާނެ،" އޭނާ ވިދާޅުވި އެވެ.