Last Updated: April 26, 06:56
Friday, April 26, 2024

* ބޭނުންވާ ތަކެތި:

1-2 ޖޯޑް ބާސްމަތީ ހަނޑޫ

1 މޭޒުމަތީ ސައިސަމުސާ ކާށިތެޔޮ

1 މޭޒުމަތީ ސައިސަމުސާ ކާފޫރުތޮޅި

1/4 ސައިސަމުސާ ރީނދޫ

150 ގްރާމް ފެނުގްރީކް

1 މޭޒުމަތީ ސައިސަމުސާ ބަޓަރު ނުވަތަ ގިތެޔޮ

ރަހަލާ ވަރަށް ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ހަނޑޫކޮޅު ރަނގަޅަށް ދޮވެފައި ފެނުގެ ތެރޭގައި ބަހައްޓާށެވެ.

ދެން ތެއްޔަކަށް ކާށިތެޔޮފޮދު އަަޅާފައި ހޫނުކޮށްލުމަށް ފަހު އޭގެ ތެރެއަށް ކާފޫރުތޮޅިކޮޅު އަޅާފައި ރަނގަޅަށް މުށިކުލަ އަރަންދެން ފްރައިކުރުމަށް ފަހު، ފުރާނާލައި ހަނޑުކޮޅު އޭގެ ތެރެއަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

ދެން އޭގެ ތެރެއަށް ފެނާއި ލޮނު އަދި ރީނދޫކޮޅު އަޅާފައި ބަތް ރަނގަޅަށް ކައްކާށެވެ.

ބަތް ކައްކަން ބަހައްޓާފައި އެހެން ތަވައަކަށް ބަޓަރު ނުވަތަ ގިތެޔޮ އަޅާފައި އޭގެ ތެރެއަށް ފެނުގްރީކް ކޮށާލާފައި އަޅާލުމަށް ފަހު މިކްސްކޮށްލާށެވެ.

ދެން ބަތްގަނޑު ކެކުނީމާ އޭގެ ތެރެއަށް ފެނުގްރީކް ކޮޅު އަޅާފައި އެއްކޮށްލާށެވެ. އޭރުން އެހެރީ މީތީ ރައިސް ތައްޔާރު ކުރެވިފަ އެވެ.