Last Updated: April 26, 20:10
Friday, April 26, 2024
މުނިފޫހިފިލުވުން

މުމްބާއީ ތަރައްގީގެ ޕްލޭނަށް ބޮލީވުޑްގެ ހިޔާލު

ރާޖް ތަކެރީ އާ އެކު ސަލްމާނާއި އާމިރް ހާން.

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު އަދި ބޮލީވުޑް ވެސް ބޭސްވެފައި އޮތް މުމްބާއީގެ ތަރައްގީގެ ޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމުގައި އާމިރް ހާނާއި ސަލްމާންގެ އިތުރުން ބޮލީވުޑްގެ ބައެއް ފަންނާނުން ބައިވެރިވެ އެ މީހުންގެ ހިޔާލުތައް ފާޅުކޮށްފި އެވެ.

ރާޖް ތަކެރީ ލީޑަރުކަން ކުރައްވާ އަދި ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ މަހާރަޝްތުރާ ނަވްނިރްމަން ސެނާ (އެމްއެންއެސް) ޕާޓީން ކުރިއަށް ގެންދާ މުމްބާއީގެ ޑިވެލޮޕްމަންޓް ޕްލޭން (ޑީޕީ) އާ ބެހޭ ގޮތުން އެކި ފަރާތްތަކުގެ މަޝްވަރާ އަންނަނީ ހޯދަމުންނެވެ.

އެގޮތުން އިއްޔެ ބޭއްވި ފޯރަމްގައި "އަންދާޒް އަޕްނާ އަޕްނާ" ގެ ދެ ތަރިންގެ އިތުން ރިތޭޝް ދޭޝްމުކާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި މަޝްހޫރު ޅެންވެރިޔާ ޖާވިދް އަހްތަރުގެ އިތުރުން އޭނާގެ ދަރިފުޅު އެކްޓަރު/ޑައިރެކްޓަރު ފަރްހާން އަހުތަރާާއި ސަލްމާންގެ ބައްޕަ ސަލީމް ހާން، ޑައިރެކްޓަރު ސާޖިދު ނަދިއަދްވާލާ ފަދަ ފަންނާނުން ބައިވެރިވި އެވެ.

19698_10153116450544123_4158134496049496015_n

އެ ބައްދަލުވުމުގައި ރާޖް ތަކެރީ ވިދާޅުވީ މުމްބާއީ ތަރައްގީ ކުރަމުން އަންނަ އިރު، މުޅި މުމްބާއީގެ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ އިތުރުން އެކިއެކި ގޮތުން އެކަމަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެގޮތުން ޖާވިދު އަހްތަރު މާލީ ގޮތުން އެހީތަކެއް ދެމުން އަންނަކަން ފާހަގަކޮށް، ސަލްމާންގެ ބީން ހިއުމަން ފައުންޑޭޝަނުން ބޮޑެތި އެހީތެރިކެެއް ވެދެމުން އަންނަކަން ވެސް ތަކެރީ ފާހަގަ ކުރެއްވި އެވެ.

"މި ސިޓީ މުސްތަގުބަލަށް ތަރައްގީ ކުރާ އިރު، ސަރުކާރުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ. އެކަން ސަރުކާރުން ކުރަން ޖެހޭނެ ކަމަށް އަހަރެމެން ދެކެނީ،" ތަކެރީ ވިދާޅުވި އެވެ. "އަހަރެމެން މި ބާއްވާ ފޯރަމްތަކުގެ ބޭނުމަކީ ވެސް އެކި ދާއިރާތަކުގެ މީހުންނާ ބައްދަލުކޮށް އެމީހުންގެ ހިޔާލާއި ލަފާ ހޯދުން."

SCCDSC_2081

އިއްޔެގެ ބަައްދަލުވުމުގައި އާމިރް ބުނީ މުމްބާއީގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ. އެކަމަކު އެއް ކަމަކާ ގުޅޭ ގޮތުން އޭނާ ކަންބޮޑުވުން ފާޅު ކުރި އެވެ.

އެއީ މުމްބާއީގެ ގްރީން ބެލްޓްގެ ގޮތުގައި ކަނޑައަޅާފައިވާ "އާރޭ ކޮލޮނީ" ގައި ކާރުތަކަށް ހާއްސަ ޝެޑެއް ހެދުމެވެ.

"މުމްބާއީ ތަރައްގީގެ ޕްލޭނުގެ ތެރެއިން އާރޭ ކޮލޮނީ އަށް ނޭދެވޭ އަސަރުތަކެއްް ކުރާ ކަހަަލަ ކަމެއް ކުރާ ކަމަށް ވަންޏާ އެެެކަމާ އަހަރަމެން އެންމެންގެ ވަރަށް ބޮޑު ކޮންސާނެއް އެބަ އޮތް. އެތަނުގެ ގުދުރަތީ މާހައުލަށް ގެއްލުމެއް ދެވިގެން ނުވާނެ،" އިޖުތިމާއީ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތަކުގައި އިސް ރޯލެއް އަދާ ކުރާ އާމިރް ބުންޏެވެ.

10405674_10153116450469123_8672826066812536991_n

އޭނާ އަދި ބުނީ މިފަދަ މައްސަލަތަކާ ދޭތެރޭ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުރުމާ އެކު، ސަރުކާރުން ރައްޔިތުންގެ އަޑު އަހައި، އެގޮތަށް އަމަލު ވެސް ކުރަން ޖެހޭނެ ކަމަށެވެ.

އެހެން ނޫނީ މިފަދަ ބައްދަލުވުންތަކުގެ ބޭނުމެއް ނެތް ކަމަށް އާމިރް ބުންޏެވެ.

އެމްއެންއެސް އިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.