Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ސިފައިންގެ މީހަކު "ބަންދުކޮށްފި"

ފިރާޒު ކުޑަކުއްޖަކާ ފެންފުޅިއެއް ހަވާލު ކުރަނީ. ފޮޓޯ. އެފްބީ

އެމްއެންޑީއެފް ސަދަން އޭރިޔާގައި މަސައްކަތް ކުރާ ސިފައިންގެ ބޭފުޅަކު ފޭސްބުކް ސްޓޭޓަސްގައި ކާނަލް ނާޒިމާ އެކު ހުރި ކަމަށް ލިޔުމުން މާލެ ގެންގޮސް ސިފައިންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފި އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފް މާލެ ގެންގޮސް ބަންދުކޮށްފައި ވަނީ އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް އެއްގެ މަޤާމުގައި ހުރި ފޭދޫ ޝެހެނާޒްވިލާ ޙަސަން ފިރާޒެވެ.

އޭނާ މިވަގުތު މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފް މާލޭ އޭރިޔާގެ އެޑްމިން ބައިގައި އެވެ. އަދި މާލެ އިން ބޭރަށް ދިއުން އޭނާ އަށް މަނާކޮށްފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

11092095_635977979835206_573895566_n
އެމްއެންޑީއެފްގެ ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ސިފައިންގެ ބޭފުޅުން އެމްއެންޑީއެފްގެ މަރުކަޒެއްގައި ބަންދު ކުރުމަކީ އެމްއެންޑީއެފް އިން އާއްމުކޮށް އަޅަމުން ގެންދާ ފިޔަވަޅެކެވެ.

އެމެއެންޑީއެފް ސަދަން އޭރިޔާގައި މަސައްކަތް ކުރައްވާ ސިފައިންގެ ބޭފުޅަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުނި ގޮތުގައި އެމްއެންޑީއެފް ސަދަން އޭރިޔާގައި މަސައްކަތް ކުރާ ސިފައިންގެ ތެރެއިން ގިނަ ބޭފުޅުން ތިބީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ޖަލަށް ލުމާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިފައެވެ. ނަމަވެސް ނާޒިމް އަށް ތާއީދުކޮށް ވާހަކަ ނުދެއްކުމަށް އިސްވެރިން އަންގާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.