Last Updated: April 26, 20:24
Friday, April 26, 2024
ވިޔަފާރި

"މިނިޓް މެއިޑް ޕަލްޕީ އޮރެންޖް" މިވަރެއް ނެތް

ދާދި ފަހުން ކޮކާކޯލާއިން ރާއްޖެއަށް އަލަށް ތައާރަފްކުރި "މިނިޓް މެއިޑް ޕަލްޕީ" ޖޫސް އައްޑޫއަށް ތައާރަފް ކުރުމަށް އިއްޔެ ބޭއްވި ރޯޑް ޝޯވްގައި ޕަލްޕީ އޯރެންޖް ރަހަ ބެލި އެންމެންގެ ދުލުން އިވުނީ އެއް އަޑެކެވެ. "މިވަރެއް ނެތް ކަމަށެވެ."

ކޮކާކޯލާއިން ބުނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ރާއްޖެއަށް ތައާރަފްކުރި މި ޖޫސްއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. ޖޫސް ރަހަބެލި އެންމެން ވެސް ރަހަ މީރުކަމަށް އިއްތިފާގްވެ އެވެ.

މިނިޓް މެއިޑް ޕަލްޕީ އޮރެންޖް ފްލޭވާރގެ 400 އެމްއެލް އާއި އެއް ލީޓަރު ފުޅި މިވަގުތު މާކެޓަށް ނެރެފައިވާ އިރު މި ޖޫސް އައްޑޫން ޑިސްޓިރިބިއުޓް ކުރަން ވަނީ ފަށައިފަ އެވެ.

m2

ކޮކާކޯލާއިން ބުނީ ހޫނު ގަދަ ދުވަސްތަކުގެ ކަރުހިއްކުން ފިލުވާލުމަށާއި، ގޭތެރޭގެ ހަފްލާއިން ފެށިގެން ސްކޫލް ކުދިންގެ އިންޓަވަލް އަށާއި ޕިކްނިކްތަކަށް މިވަގުތު ލިބެން ހުރި އެންމެ މީރު ޖޫހަކީ ޕަލްޕީ އޯރެންޖްކަމަށެވެ.

m3

އިއްޔެ ހަވީރު އައްޑޫގައި ކުރިއަށް ގެންދިޔަ ރޯޑް ޝޯވްގައި ގިނަ ބަޔަކުވަނީ މިޖޫހުގެ ރަހަ ބަލާފައެވެ. ހިތަދޫން ފެށިގެން ގަމަށް އޮތް މިހަރަކާތުގައި ރަހަ ބެލި އެންމެންވަނީ ޖޫހާއި ބެހޭ ގިނަ މައުލޫމާތު ހޯދާފައެވެ. ކޮކާކޯލާއިން ބުނީ މި ޖޫސް ހުސްނުވެ އައްޑޫން އަބަދުވެސް ލިބެން ހުންނާނެކަމަށެވެ.