Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެކްސިޑެންޓްވެ ޒުވާނަކަށް އަނިޔާވެއްޖެ

މިއަދު އިރުއޮއްސި 6:10 ހާ އިރު ހިތަދޫ ލިންކް ރޯޑްގައި ހުންނަ "ކޯހެރަ ކެފޭ" ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ހިތަދޫ، ލަވްނެސްޓް، އަހްމަދު ނުސައިރު، 17، އަށެވެ.

މަންޒަރު ދުށް މީހަކު "އައްޑޫ ލައިވް"އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގީ އެއްކޮޅަކަށް ދުއްވާފައި ދިޔަ ދެ ސައިކަލް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭ އަޅައި ގަނެގެން ކަމަށެވެ. އޭނާ ބުނީ ނުސައިރު ދުއްވާފައި އައީ ވަރަށް ބާރު ސްޕީޑްގައި ކަމަށެވެ. އަދި ދެ ސައިކަލް އަޅައި ގަނެ ނުސައިރު ދުއްވި ސައިކަލް ވަނީ ތާރުގަނޑުމަތިން 40 ފޫޓު ދުރަށް ވިއްސައިގެން ގޮސްފަ އެވެ.

އެކްސިޑެންޓްވެ ޒުވާނަކަށް އަނިޔާވެއްޖެ
އެކްސިޑެންޓްވެ ޒުވާނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި ނުސައިރުގެ ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސް އޭނާގެ މޫނުން ޒަހަމް ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މި ހާދިސާގައި ދެ ވަނަ ސައިކަލް ދުއްވި މީހާ އަށް ބޮޑު އަނިޔާއެއް ލިބިފައެއްް ނުވެއެވެ. ނަމަވެސް އޭނާގެ ސައިކަލަށް ވަނިީ އެކި ވަރުގެ ގެއްލުންވެފަ އެވެ.

ac2

މި މައްސަލަ ހިތަދޫ ޕޮލިސް ސާވިސްއިން ދަނީ ތަހްގީގު ކުރަމުންނެވެ.