Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

ހިތަދު އާއި ހުޅުދޫގައި ހައުސިން ޔުނިޓް އަޅަނީ

ސ.ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯ އެއް. ފޮޓޯ: ޝަރަފް

ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން އައްޑޫގައި އިމާރާތް ކުރުމަށް ނިންމާފައިވާ 1500 ހައުސިން ޔުނިޓްގެ ތެރެއިން ހިތަދޫ އަދި ހުޅުދޫގައި އެޅުމަށް ނިންމާފައިވާ 312 ހައުސިން ޔުނިޓް އަޅާނެ ބިމާއި، ކުރެހުން ކައުންސިލުން ފާސްކޮށްފިއެވެ.

ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުން އަޅާ މި އިމާރާތުގެ ތެރެއިން 48 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުދޫ އާއި ހެރެތެރެ ގުޅޭ ސަރަހައްދު (ގެރަދޫ) ގައެވެ.

HM

ހިތަދޫގައި އެޅުމަށް ނިންމާފައިވާ 264 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ މެދެއާރިމަގުން ހިތަދޫގެ ހުޅަގު ފަރާތު ސަރަހައްދެއްގައެވެ.

HH
ހިތަދޫ އާއި ހުޅުދޫގައި ހައުސިން ޔުނިޓް އެޅުމަށް ބިން ހަމަޖެހުނު އިރު ރައީސް ނަޝީދުގެ ސަރުކާރުން ފޭދޫގައި އިމާރާތް ކުރި 25 ހައުސިން ޔުނިޓް އަދިވެސް ވަނި ބަޔަކަށް ދެވޭ ގޮތެެއް ނެތިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާގެ މެޝިނަރީ ކޯޕަރޭޝަންގެ ޓީމެއް މިވަގުތުވެސް އައްޑޫގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އަދި އެމީހުން އަންނަނީ މަސައްކަތް ފަށަން ތައްޔާރު ވަމުންނެވެ.