Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ: އައްޑޫލައިވް

މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ފިހާރަ ކުރިމަތީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މަންޒަރު ދުށް މީހަކު "އައްޑޫ ލައިވް" ކިޔައި ދިން ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ރޫޓް ފިހާރަ ހުންނަ ގެ ކާނޭޝަންގެއަށް ވަންނަން ބޮޑު މަގުން ގޮސް ގޮސް ހުރި ސައިކަލެއް އަނބުރާލި ވަގުތު ފޭދޫން މަރަދޫ ކޮޅަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ކޮންޓްރޯލް ނުވެ ޖެހިގެންނެވެ.

މަރަދޫ ބޮޑު މަގުގައި ހުންނަ
މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީ ހިނގި އެކްސިޑެންޓް: ފޮޓޯ: އައްޑޫލައިވް

މިހާދިސާގައި ކާރްނޭޝަން ގެއަށް ވަންނަން ދިޔަ އެގޭ ހުސެއިން ނަސީރު 65އ، ސައިކަލުން ވެއްޓި ބޮލުން ތަންގަޑެއް ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފޭދޫ ކޮޅުން އައި ސައިކަލްގައި އިނީ ޒުވާނެއް ކަމަށް އެނގިފައިވެއެވެ. އޭނާއަކަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ: އައްޑޫލައިވް
މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ: އައްޑޫލައިވް

ނަސީރު މި ވަގުތު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފަށާފައެވެ. އަދި އޭނާގެ މާ ބޮޑު ތަފްސީލެއް ހިތަދޫ ހޮސްޕިޓަލުން ލިބޭ ގޮތް ވަނީ ނުވެފައެވެ.

މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ: އަލީ ފާއިގް/އައްޑޫލައިވް
މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ: އައްޑޫލައިވް

މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ހިތަދޫ ބޮޑު މަގުގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް ގައި ސައިކަލް ދުއްވަން އިން ހިތަދޫ ޗިޗަންޑާގޭ ހުސެއިން ސައީދު ވަނީ ނިޔާވެފައެވެ.