Last Updated: April 26, 23:59
Friday, April 26, 2024
ސިޔާސީ

ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ "ލީކްސް"

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދް ނާޒިމްގެ ފަރާތުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ރައީސް ޔާމީން އާއި ގުޅުން ހުރި ވާހަކަތަކެއް އާންމު ކުރަމުން އެބަގެންދެއެވެ.

ރައީސް ޔާމީން އާއި ނާޒިމް އެންމެ ފުރަތަމަ މައްސަލަ ޖެހުނު ކަމަށް ނާޒިމްގެ ފަރާތުން ކަމަށް ބުނެ ފޭސްބުކްގައި ލިޔެފައި ވަނީ ރައީސް ޔާމީން އާއި މެޑަމް ފާތުންގެ ބަރަހަނާ މަންޒަރު ތަކެއް ހުރި ޕެން ޑްރައިވް އެއް އެގޭ ތެރެއަށް ގެއްލުމުން ކަމަށެވެ. ނަމަވެސް އޭގެ މާފަހުން އެ ޕެންޑްރައިވް ފެނިފައިވާ ކަމަށް މެޑަމް އޭނާގެ ގާތުގައި ބުނި ކަމަށެވެ.

މީގެ އިތުރުން ދެބޭފުޅުން އެއްކޮށް އުޅުއްވި 20 އަހަރުގެ ތެރޭގައި ދުވަހަކުވެސް ރައީސް ޔާމީން ނަމާދު ކުރައްވަނިކޮށް ނުދެކޭ ކަމަށް ވެސް ނާޒިމްގެ ފަރާތުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ލީކް ކޮށްފައިވާ ލިޔުންތަކުގައި ވެއެވެ.

ކުރީގެ މަޖިލިސް މެންބަރު ނާޒިމްގެ ފަރާތުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި  ލީކޮ ކޮށްފައިވާ ވާހަކަތަކެއް.
ކުރީގެ މަޖިލިސް މެންބަރު ނާޒިމްގެ ފަރާތުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ލީކޮ ކޮށްފައިވާ ވާހަކަތަކެއް.

ނާޒިމްގެ ފަރާތުން ކަމަށް ބުނެ ލީކު ކޮށްލާފައިވާ ލިޔުންތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އަނެއް ލިޔުމުގައި ވަނީ " މީހަކަށް އަނިޔާކުރެވިއްޖެނަމަ ރައީސް ޔާމީން އަށް ވަރަށް މަޖާ ވާނެ. އަދި ފާތުން އާއި ދެމީހުން އެވާހަކަ އެރޭ ހަތަރު ދަމު ދައްކާނެ" ކަމަށެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރުގެ ފަރާތުން ކަމަށް ބުނެ ރައީސް ޔާމީން އާއި މެޑަމް ފާތުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފަދަ ވާހަކަ ތަކެއް ސޯޝަލް މީޑިޔާގައި ފަތުރަމުން ގެންދާއިރު ޕީޕީއެމްގެ ފަރާތުން ވެސް މިކަމާއި ބެހޭގޮތުން އެއްޗެއް ބުނެފައި ނުވާ ކަން ފާހަގަ ކޮށްލެވެއެވެ.

ނަމަވެސް ރައީސް ޔާމީންގެ އެންމެ ގާތް އެންމެ އެކުވެރި ރަހުމަތްތެރިޔާ ކަމަށް އެއް އިރެއްގައި ފާހަގަވެގެން ގޮސްފައިވާ ނާޒިމްގެ ފަރާތުން ރައީސް ޔާމީން އާއި ބެހޭގޮތުން ހާމަކުރާ ވާހަކަތަކުގައި ހަޤީޤަތް އެކުލެވިގެން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރެއެވެ.