Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

"ލިޓަސް"ގެ ޝޯރޫމެއް އައްޑޫ އަށް

ރާއްޖޭގައި ސައިކަލްގެ ވިޔަފާރީގައި މިހާރު ވަރަށް ބޮޑަށް ކުރި އަރަމުން އަންނަ "ލިޓަސް އޮޓޯ މޮބައިލްސް"ގެ ޝޯ ރޫމެއް މިރޭ ފޭދޫގައި ހުޅުވައިފި އެވެ.

ލިޓަސްއިން އަތޮޅު ތެރޭގައި ހުޅުވި ފުރަތަމަ ޝޯ ރޫމް ހުޅުއްވައި ދެއްވީ ލިޓަސްގެ ސީއީއޯ އަހުމަދު ޒާހިދުގެ މަންމަ ހައްވާ ޒާހިދާ އެވެ.

އެތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ އެ ކުންފުނިން މާލޭގައި ވިއްކަމުން އަންނަ ހުރިހާ ވައްތަރެއްގެ ސައިކަލްތަކެއް މާލެއާ އެއްް އަގެއްގައި ފޭދޫ ޝޯ ރޫމުން ވެސް ލިބޭނެ ކަމަށެވެ.

ސ.ފޭދޫ ކޮޑަގޭގައި ލިޓަސްގެ ފަރާތުން ހުޅުވި ޝޯ ރޫމުން ވެސް ޕީސީއެކްސް 150، އެގްޒައިޓާ 150، އެއާބްލޭޑް، ސްކޫޕީ ކުލަބް އަދި މޫވް ބްރޭންޑްގެ ސައިކަލްތައް އަތްފޯރާ އަގެއްގައި ލިބޭނެ ކަމަށާއި އަދި އިސްޓޯލްމަންޓަށް ވެސް ސައިކަލް ދޫކުރާނެ ކަމަށް ލިޓަސްއިން މައުލޫމާތު ދެއެވެ.

އާސިފް ވިދާޅުވި ގޮތުގައި ލިޓަސްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ވަރަށް ފަސޭހަކޮށް، އިންސްޓޯލްމަންޓަށް ސައިކަލް ނެގޭނެ ގޮތް ކަސްޓަމަރުންނަށް މަގުތަނަވަސްވެފައި އޮތުމެވެ. އަދި ފައިސާ ދައްކައި ނިންމަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

"އަޅުގަނޑުމެން ބޭނުން ވާނީ ހަމައެކަނި ކަސްޓަމަރުގެ އައިޑީ ކާޑް ކޮޕީއެއް،" އޭނާ ވިދާޅުވި އެވެ.
11062094_469279969892947_6620983771512819440_n
ފޭދޫގައި މިރޭ ލިޓަސްގެ ޝޯ ރޫމެއް ހުޅިވިއިރު، އެ ކުންފުނިން އަންނަނީ "ލިޓަސްގެ އެ އަގު" ގެ ނަމުގައި މި މަހުގެ 1-30 އަށް ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެގެން ގުރުއަތުން ހޮވޭ ހަ ނަސީބުވެރިއަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފައި ވާއިރު އެއްވަނަ އަށް ދާ މީހަކަށް 50،000ރ. ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް ހޮވޭ ދެ މީހަކަށް އައިފޯން6 ލިބޭނެ އެވެ. އަދި ތިންވަނަ އަށް ހޮވޭ ތިން މީހަކަށް އެޕަލް އައިޕެޑް މިނީއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮމޯޝަނުގައި، ލިޓަސް ފިހާރައިން ގަންނަ ސައިކަލުތަކުގެ 50 ޕަސެންޓް ނުވަތަ އެއަށް ވުރެ ގިނައިން ފައިސާ ދައްކާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.