Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ގަން އެއާޕޯޓް ރަންވޭގެ މަސައްކަތް ފަށައިފި

މޯލްޑިވިއަންގެ އެއާބަސް އޭ 320 ބޯޓު އައްޑުއަށް ކުރި ފުރަތަމަ ދަތުރުގައި ޓޫރިސްޓުން ފައިބަނީ. ފޮޓޯ/ ޝަރަފް

އައްޑޫ ސިޓީގެ ގަން އެއާޕޯޓް ރަންވޭ ދިގު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ގަން އެއަރޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައިދިގު ކުރުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

ރަންވޭ ދިގު ކުރަން މިހާރު އޮތް ރަންވޭގެ ދެކޮޅުން ބޮޑު ސަރަހައްދެއް ހިއްކައި މިހާރު ވަނީ ޝީޓްޕައިލްކޮށް ނިންމާފައިވާއިރު އެ ބިން ހިއްކާފައި ވަނީ ދުބާއީގެ ގަލްފް ކޮބްލާއިންނެވެ.

އަލަށް ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ކޮބްލާ ޓެންސާ މޯލްޑިވްސްގެ ފަރާތުން ދަނީ ހިއްކި ސަރަހައްދުގައި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

ޑެންމާކުގެ ހޯގާޑުން ކުރިއަށް ގެންދާ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި ލެވޭނެ ކަމަށާއި އޭގެ ފަހުން މިހާރު އޮތް ރަންވޭ ރިސާފޭސް ކުރަން ވެސް ހަމަޖައްސާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.