Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

މިނިވަން 50 އަތޮޅު ފުޓްބޯޅަ މުބާރާތް އައްޑޫގައި

ބޮންޑާ އަދި ބެންޖޯ، މިފަހަރު ދެ ކުޅުންތެރިންވެސް ފެންނާނީ ޓީސީން

ހަފުތާ ބަންދުގައި ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން މިނިވަން 50 މުބާރާތުގެ ފަހު ބުރު އައްޑޫ ސްޓޭޑިއަމްގައި ބާއްވަން އެފްއޭއެމްއިން ނިންމައިފިއެވެ.

އެފްއޭއެމްއިން ބުނީ ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ ބުރު ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށަކުން އެއް ޓީމެއް ވާދަކުރާ ގޮތަށް އަތޮޅު މުބާރާތުގެ ގޮތުގައެވެ.

އެގޮތުން ހޯމް އެންޑް އަވޭ އުސޫލުން ކުޅެ ކޮންމެ އަތޮޅަކުން އެއް ވަނަ ހޯދާ ޓީމު ކޮލިފައިވާނީ ޒޯން ބުރަށެވެ. މުބާރާތް އެ ބުރުގައި އޮންނާނީ ޒޯނެއްގައި ހިމެނޭ އަތޮޅުތަކުގެ އެއް ވަނަ ޓީމުތަކުގެ މެދުގައި ކުޅޭ މުބާރާތެވެ. އަދި އޭގެން ކޮންމެ ޒޯނަކުން އެއް ވަނަ ހޯދާ ނުވަ ޓީމުގެ މެދުގައި ފައިނަލް ބުރު ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސްޓޭޑިއަމްގައެވެ.

އެފްއޭއެމުން ބުނީ ޗެމްޕިއަން ޓީމަށް ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ރަށެއްގެ ޓީމެއްގައި ވެސް ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުުރުސަތު ދޭނެ ކަމަށެވެ. އަދި މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެެންޑް އަވޭ އުސޫލުން ކޮންމެ ހަފުތާ ބަންދެއްގައި ކަމަށެވެ.

މިބާރާތުގެ އަތޮޅު މެޗްތައް ޖުލައި 31 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު ޒޯން ޗެމްޕިއަން ޓީމްތަކަށް އައްޑޫއަށް ދިއުމުގެ ހަރަދު އެފްއޭއެމްއިން ހަމަޖައްސާދޭނެއެވެ.

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދޭ ގޮތަށް ނިންމާފައިވާ އިރު ޗެމްޕިއަން ޓީމަށް މާލޭގައި އޮންނަ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދިނުމާ އެކު، އެ މުބާރާތް ކާމިޔާބުކޮށް ޖުމްލަ 1.5 މިލިއަން ރުފިޔާ ހޯދުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ލިބޭނެ ކަމަށެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ މި މުބާރާތަކީ ދިވެހި ފުޓްބޯޅަ އަށް ބޮޑު ބަދަލެއް ގެންނާނެ މުބާރާތެއް ކަމަށެވެ.

ޝަވީދު ވިދާޅުވީ މިފަހަރު މުބާރާތް އައްޑޫގައި ބޭއްވި ނަމަވެސް ކުރިމަގުގައި މުބާރާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ވިސްނާފައިވާ ކަމަށެވެ.