Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ހިތަދޫ ބޮޑު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫ ބޮޑުމަގުގައި 2 ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް ޒަހަމް ތަކެއް ލިބިގެން ފަރުވާ ދެމުން އެބަދެއެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ މެދުވަލު ސްކޫލް ކުރިމަތިން ހިނގި މި އެކްސިޑެންޓުގައި އޭގެ ތެރެއިން އެއް ސައިކަލް ދުއްވަން އިން ސ.ހިތަދޫ ޕާލްމް ސޯޑް، އިބްރާހިމް އަލިދީދީގެ މޫނަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ އިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް މައުލޫމާތު ދީފައެވެ.

އެކްސިޑެންޓްވި ދެސައިކަލްގެ ތެރެއިން އެއްސައިކަލް ދުއްވަން އިނީ ބިދޭސީއެކެވެ. އޭނާ ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ އަށް ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހަކު ވަނީ ބުނެފައެވެ.

11091145_10152874512869150_918219866_n (1)

0b9ca625a6184341b8a09e655a9d27fc68c141fdd5bc177f0fc027c9a9fe7c91