Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ޝަންގްރިއްލާ އިން 68000 ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި މުވައްޒަފަކު ހައްޔަރުކޮށްފި

ޝަންގްރިއްލާގެ ޓްރީ ހައުސް ވިލާއެއް، ފޮޓޯ: ޝަންގްރިއްލާ

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އިން 68000 ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި އެ ރިސޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޯޓް އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރިސޯޓުގެ ފައިނޭންސްގައި މަސައްކަތް ކުރާ، މުޙައްމަދު އަރަފާތު، ކިޔާ ފޭދޫ މީހެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ.ފޭދޫ ކޯޓަށް ހާޒިރުކުރުމުން ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 5 ދުވަހުގެ މުއްދަތެއް ދީފައި ވާކަން ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ކަށަވަރުކޮށްދީފައެވެ.

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ޝަންގްރިއްލާ އިން އައްޑޫގައި ހިންގާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހުޅުވާފައިވަނީ 2009 އަހަރުއެވެ.