Last Updated: April 27, 06:22
Saturday, April 27, 2024
ވިޔަފާރި

އައްޑޫގެ ވިޔަފާވެރިންގެ ވަރަށް ޚާއްސަ ބައްދަލުވުމެއް މިރޭ ބާއްވަނީ

ކަރަންޓު ބިލްތަކުގެ މައްސަލައިގައި އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން.

އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓް މައްސަލާގައި އައްޑޫގެ ވިޔަފާވެރިން އުފެއްދި ސްޓިއަރިން ކޮމިޓީގެ ވަރަށް ޚާއްސަ ބައްދަލުވުމެއް މިރޭ އޮންނާނެ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ވިޔަފާވެރިންގެ ސްޓިއަރިން ކޮމިޓީގެ ފާރާތުން ވާހަކަ ދެއްކި ބޭފުޅަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެ ބައްދަލުވުން އޮންނާނީ މިރޭ 9 ޖަހާއިރު އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ހޯލްގައެވެ.
11174398_10155460336115632_6917096076538107603_o
"މިރޭގެ ބައްދަލުވުމުގައި މާޗް މަހުގެ ކަރަންޓް ބިލާ ގުޅޭ ގޮތުން ނިންމަން ޖެހޭ މުހިއްމު ނިންމުމެއް ވެސް ނިންމާނެ. އެހެންކަމުން މިބައްދަލުވުމަށް ވީހާ ވެސް ގިނަ ވިޔަފާވެރިން ހާޒިރުވުމަކީ ވަރަށް ބޮޑު އެދުމެއް" ، ސްޓިއަރިން ކޮމިޓީގެ ފަރާތުން ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

އައްޑޫގެ ވިޔަފާވެރިން ބުނާގޮތުގައި މާޗް މަހުގެ ކުރިން ވިޔަފާރިތަކުގެ ކަރަންޓަށް ބިލް ކުރަމުން ދިޔަ ގޮތަށް ފެނަކަ އިން ބިލް ނުކުރަނީސް ފެނަކަ އާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ކަރަންޓުގެ މައްސަލައިގައި އައްޑޫގެ 300 އަށް ވުރެ ގިނަ ވިޔަފާވެރިން ފެނަކަ އަށް ސިޓީ ފޮނުވާއިރު އެއިން އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބެެއް ލިބިފައެއް ނުވެއެވެ.