Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ފުރަތަމަ ހަފްތާތެރޭ "ޕިކޫ" 32 ކުރޯޑަށް ވުރެ ގިނަ ރުޕީސް ހޯދައިފި

މޭ މަހުގެ 8 ވަނަ ދުވަހު ރިލީޒްކުރި ހިންދީ ކޮމެޑީ-ޑްރާމާ ފިލްމް "ޕިކޫ" 32 ކުރޯޑު ރުޕީސް (5 މިލިއަން ޑޮލަރު) ހޯދައިގެން ބޮކްސް އޮފީހުގައި މިއަހަރުގެ މިހާތަނަށް އެންމެ ކާމިޔާބު ފިލްމްގެ މަގާމް އަތުލައިފިއެވެ.

އިރުފާން ޚާން، އަމީތާބް ބައްޗަން، އަދި ދީޕިކާ ލީޑް ރޯލްތައް ކުޅެފައިވާ މިފިލްމް ބިނާކޮށްފައިވަނީ، ކާރޫބާރޫ ބޮޑު ސިޓީއެއްގައި، އުމުރުން ދުވަސްވަމުންދާ ބައްޕަ އަކާއި ޒުވާން އުމުރުފުރައިގެ އަންހެން ދަރިއެއްގެ ދެމެދުގައި އޮތް ޢާއިލީ ގުޅުމުގެ މައްޗަށެވެ. އެކެއް އަނެކެއްގެ އިހްސާސްތަކަށް އިޙްތިރާމްކުރުމާއި އެކުވެސް، ހުރި ޚިޔާލުތަފާތުވުންތަކަށް ރައްދު ދެމުންދާ ގޮތެވެ.

piku

މިފިލްމުގައި އަންހެން ކުއްޖާގެ ރޯލްކުޅުމުގެ ފުރުޞަތު ޕަރިނީތީ ޗޯޕްރާއަށް އެރުވުނު ނަމަވެސް އެހުށަހެޅުން ބޮލާލާ ޖެހުމުގެ ސަބަބުން ދެން ފުރުޞަތު ލިބިފައި މިވަނީ ދިޕިކާއަށެވެ. އިރުފާން ޚާން މިފިލްމުގައި އަދާ ކުރަނީ، ދިޕިކާއާއި އަމީތާބް އަރުވައިގެން ކަލްކަޓާ ސިޓީގައި ޓެކްސީ ދުއްވަމުން ދިޔަ ޓެކްސީ ޑްރައިވަރުގެ ރޯލެވެ.

މި ފިލްމް ވަނީ ދުނިޔޭގެ ގިނަ ކަންކޮޅުތަކެއްގައި 1،300 އަށް ވުރެ ގިނަ ސްކްރީން ތަކުގައި އަޅުވާފައެވެ.