Last Updated: April 26, 11:19
Friday, April 26, 2024

ރެސިޕީ : ފުރުޓް އެން ނަޓްސް މަފިންސް

ބޭނުންވާ ތަކެތި

2 ޖޯޑު ސެލްފްރެއިޒިން ފުށް
1 ސައިސަމުސާ މުގުރި ކާފޫރުތޮޅި
1 ޖޯޑު މިކްސްޑް ފުރުޓް ( ކޮށާފައިހުރި)
2 /1 ޖޯޑު ނަޓްސް ( ކޮށާފައިހުރި)
125 ގ. އަންސޯލްޓަރޑް ބަޓަރ
4 / 3 ޖޯޑު މުގުރިހަކުރު
2 ބިސް ( ކުޑަކޮށް ގިރާފައި)
4 / 3 ޖޯޑު ދިޔާކިރު

ތައްޔާރު ކުރާނެ ގޮތް

ފުށާއި މުގުރާފައިހުރި ފޮނިތޮށި ކާފޫރުތޮޅި އެއްކޮށްފައި ފުރުޓާއި ނަޓްސް އެއާއި އެއްކޮށްލާށެވެ. ދެން ބަޓާރާއި ހަކުރު ޓްރޭއަކަށް އަޅާފައި މަޑުގިނީގައި ދިޔާކޮށްފައި އުނދުންމަތިން ބާލާފައި ބަހައްޓާށެވެ. ބިހާއި ކިރު އެއްކޮށްފައި އެއާއި އެއްކޮށްފައި ފުރަތަމަ އެއްކުރި ބަޔާއި އެއްކޮށް ހުރިހާބާވަތްތައް ރަނަގަޅަށް މިކސްކޮށްލާށެވެ. ދެން ކުދިތަށިތަކަށް އަޅާފައި އަވަންގެ ހޫނުމިން 190 ޑިގްރީ ސެލްސިއަސްގައި ބަހައްޓާފައި ފިހެލާށެވެ.