Last Updated: May 8, 17:36
Wednesday, May 8, 2024
ޚަބަރު

ހުޅުމާލޭ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދިޔައީ ގޫގްލް އަށް ވުރެ ސްޕީޑްގައި : އަބްދުއްރަހީމް

ހުޅުމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ގޫގްލް އަށް ވުރެ ސްޕީޑްގައި ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

"ގޫގްލް އަށް ވުރެ ސްޕީޑްގައި ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލަ ދެއްވި ރައީސް ޔާމީން. ޝުކުރިއްޔާ ރައީސް ޔާމީން" ރޭގެ ވަގުތެއްގައި އަބްދުއްރަހީމް ކުރެއްވި ޓްވީޓްގައި ވެއެވެ.

މީގެ އިތުރުން ވެސް އެމްޑީޕީ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ މިގައުމުގެ ތަރައްޤީއަށް މިހާތަނަށް ކުރެއްވި ހުރިހާ މަސައްކަތެއް ކުރައްވާފައި ވަނީ ރައީސް މައުމޫން ކަމަށާއި އަދި އޭގެ ފަހުން ރައީސް ޔާމީން ކަމަށެވެ.