Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިމްރާން ގޭބަންދަށް ބަދަލު ކުރުމަށް ހައި ކޯޓުން އަމުރުކޮށްފި

މެއި މަހުގެ 1 ވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ދެއްކެވި ވާހަކަތަކުން ހަމަނުޖެހުމަށް މަގުފަހިވި ކަމަށް ބުނެ ހައްޔަރުކުރި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ގޭބަންދަށް ބަދަލު ކުރުމަށް ހައި ކޯޓުން ދެންމެ އަމުރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިމްރާނުގެ ބަންދު އިސްތިއުނާފު ކުރުމުން ހައިކޯޓުން ގޭ ބަންދަށް ބަދަލު ކުރަން ނިންމި ނަމަވެސް ކުރިން ކްރިމިނަލް ކޯޓުން ޖަހާފައިވާ މުއްދަތު ހަމަވާތީ އަލުން މިއަދު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރު ކުރަން ވަނީ ނިންމާފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އިމްރާނު ބެހެއްޓުމަށް އެންމެ ފުރަތަމަ 15 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. އޭގެ ފަހުން 10 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރިއެވެ.