Last Updated: May 8, 06:04
Wednesday, May 8, 2024
ވިޔަފާރި

ދިރާގުގެ 4ޖީގެ ހިދުމަތް އިތުރު ތިން ރަށަކަށް

މީހުން ދިރިއުޅޭ ރާއްޖޭގެ މީހުން ދިރިއުޅޭ އިތުރު ތިން ރަށަކަށް ދިރާގުން ވަނީ ފޯޖީ ހިދުމަތް ފޯރުކޮށް ދީފި އެވެ.

އެ ތިން ރަށަކީ ޅ. ހިންނަވަރު، ނ. ވެލިދޫ އަދި ރ. ދުވާފަރެވެ.

ރާއްޖެ އަށް 4ޖީގެ ޚިދުމަތް ތައާރަފު ކުރުމަށް ފަހު މި ޚިދުމަތް ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ އައްޑޫ، ފުވައްމުލައް، ގއ.ވިލިނގިލި، ގދ.ތިނަދޫ، ޅ.ނައިފަރު، ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައި ވެސް 4ޖީގެ ހިދުމަތް ދޭން ފަށައިފަ އެވެ.

ދިރާގުގެ 3ޖީ ހިދުމަތް މުޅި ރާއްޖެ އަށް މިހާރު ވެސް އަންނަނީ ފޯރުކޮށް ދެމުންނެވެ.