Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

އަންކިތުގެ އާ ސިންގަލްއެއް، ސޮނާލް އާ އެކު

"ސުން ރަހާ ހޫ މޭ" އާއި "ތޭރީ ގަލިޔާން" ފަދަ މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ބޮލީވުޑްގެ މަޝްހޫރު ލަވަ ކިއުންތެރިތާ އަންކިތު ތިވާރީގެ އާ ސިންގަލްއެއް ނެރެފި އެވެ.

އޭނާގެ ހިތްގައިމު އަޑުން ކިޔައި ވީޑިއޯ ވެސް ކުޅެފައިވާ ލަވައިގެ ނަމަކީ "ބައްތަމީޒް" އެވެ. މި ލަވައަކީ މި ފަހަަކަށް ތަފާތު ލަވަ ކިއުންތެރިންނާއި އެކްޓަރުން ބޭނުންކޮށްގެން ސިންގަލްތައް ނެރެމުން އަންނަ ޓީ ސީރީޒުން ހަދާފައިވާ ލަވައެކެވެ.

ލަވައިގައި އަަންކިތާ އެކު ފެނިގެން ދަނީ "ޖައްނަތު" ފަދަ ފިލްމުތައް ކުޅެފައިވާ ރީތި ބަތަލާ ސޮނާލް ޗޯހަން އެވެ.

މި ލަވައިގައި އަންކިތާއި ސޮނާލްގެ ލޯތްބާއި ލޯބީގައި ޖެހޭ މައްސަލަތައް ވަރަށް ފުރިހަމަ އަށް ދައްކުވައި ދީފައިވެ އެވެ.

"ބައްތަމީޒް" ގެ މިއުޒިކް ވެސް ހަދާފައި ވަނީ އަންކިތު އެވެ. އަދި ލަވައިގެ ޅެން ހެދީ މަނޯޖް މުންތަސިރެވެ.