Last Updated: April 26, 17:13
Friday, April 26, 2024
ޓެކްނޮލޮޖީ

އައްޑޫގެ ސޯލާ ޕްރޮޖެކްޓް ރަސްމީކޮށް ފަށައިފި

މީގެ ދެއަހަރު ކުރިން މިނިސްޓަރ ތޯރިގް އައްޑޫގެ ސޯލާ މަޝްރޫއު އިފްތިތާހު ކޮށްދެއްވަނީ-

އަވިން ކަރަންޓް އުފައްފަން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ހިތަދޫ ސްކޫލްގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އައްޑޫގައި 1.6 މެގަވޮޓްގެ ކަރަންޓް ސޯލާ އިން އުފައްދަން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، ހިތަދޫގެ ސްކޫލްގެ ފުރާޅުގައި ޕެނަލް ހަރު ކުރަން ފަށާފަ އެވެ.

މިކަން ފައްްޓަވައި ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އައްޑޫގައި ސޯލާ ޕެނަލްތައް ހަރު ކުރަނީ ސްކޫލްތަކާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ފުރާޅުގަ އެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ ތެލަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިޔާދަކުރަނިވި ހަކަތަ އުފައްދަން ކަރަންްޓް ބޭނުން ކުރުން ކަމަށެެވެ.

އެގޮތުން އައްޑޫގައި ފެށި މަޝްރޫއުގެ ސަބަބުން އައްޑޫގަިއ ދުވާލު ބޭނުން ކުރާ ކަރަންޓްގެ 30 ޕަސަންޓް ސޯލާ އަށް ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އަދި ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖޭގައި މި އަމާޒަށް 2018 ހަމައަށް ވާސިލުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގައި މިހާރު އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ ސޯލާ އެނާޖީ އަށް ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ.