Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ފޭދޫ ޑޭޒީ މަގުގެ ރައްޔިތުންގެ ހާއްސަ މާހެފުމެއް މާދަމާ

ކުރިއަށް އޮތް ރީދަ މަހާ ދިމާކޮށް، ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ފޭދޫ ޑޭޒީ މަގުގައި ހުންނަ ގޭބިސީތަކުން އިންތިޒާމްކޮށްގެން ހާއްސަ މާހަފުމެއް މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މާހެފުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 5:00 ގަ އެވެ. އަދި އިޝާ ނަމާދު ވަގުތާ ހަމައަށް މާހެފުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ފޭދޫ ޑޭޒީ މަގަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ދިރިއުޅުއްވާ ގެ ހުންނަ މަގެވެ.

މި މާހެފުން އިންތިޒާމް ކުރުމުގައި ބައިވެރިވާ ޑޭޒީ މަގުގެ ގޭބިސީއެއްގައި އުޅޭ މީހަކު "އައްޑޫ ލައިވް" އަށް ބުނީ، މާހެފުމަށް ފޭދޫގެ ރައްޔިތުންނަށް ދައުވަތު ދޭ ކަމަށެވެ.

"މިކަން މި ކުރަނީ ޑޭޒީ މަގުގެ ގޭބިސީތަކުން ކަމަށް ވިޔަސް، މީގައި ފޭދޫގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ،" އޭނާ ބުންޏެވެ.

މާހެފުން ކުރިއަށްދާ އިރު ފޭދޫގެ މަޝްހޫރު ބޮޑުބެރު ގްރޫޕް މެޖެންޓާގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.