Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ހޯމް މިނިސްޓްރީ އޭޖީ އަނިލް އާ ހަވާލުކޮށްފި

ބަންޑާރަ ނައިބު އަނިލް: ފޮޓޯ ސަން

ހޯމް މިނިސްޓަރު ކަމުން އުމަރު ނަސީރު އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ތަފާތު ދެ ބޭފުޅުންނާއި ރައީސް ޔާމީން މަގާމު ހަވާލުކޮށްފި އެވެ.

އިއްޔެ ނައިބު ރައީސް އައްޔަން ކުރައްވައި ކެބިނެޓުގެ އެކި ވުޒާރާތަކަަށް ބޮޑެތި ބަދަލުތަކެއް ރައީސް ގެނެސްފައިވާއިރު ހޯމް މިނިސްޓަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ އަހުމަދު ޒުހޫރެވެ.

ޒުހޫރު މަގާމާ ހަވާލުވިތާ 24 ގަޑިއިރު ތެރޭ މަގާމު ބަންޑާރަ ނައިބު އަނިލްއާއި ވަނީ މިހާރު ހަވާލުކޮށްފައިކަން 'އައްޑޫލައިވް' އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އަނިލްއަށް ޒުހޫރުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ އޭނާ މަގާމުން ދުރުކުރުމަށް ފަހުގައި ނޫންކަންވެސް 'އައްޑޫލައިވް' އަށް ވަނީ ކަށަވަރުވެފައެވެ.

އަނިލް އާއި ހޯމް މިނިސްޓްރީ ހަވާލުކޮށްފައިވަނީ ޒުހޫރު މިވަގުތު ޗުއްޓީ ނަގައިގެން ހުރުމުގެ ސަބަބުންނެވެ. މަގާމާއި މަސްއޫލިއްޔަތާއި ހަވާލުވިތާ 24 ގަޑިއިރު ތެރޭގައި ޗުއްޓީ ނެގުމަކީ އާދަޔާޙިލާފު ކަމަކަށް ވީނަމަވެސް މިކަމާ ގުޅިގެން މިނިސްޓަރުގެ ބަހެއް ވަނީ އަދި ލިބޭގޮތެއް ނުވެފައެވެ.