Last Updated: April 26, 15:47
Friday, April 26, 2024
ވިޔަފާރި

ހަފުތާއެއް ފަހުން އެމްވީކޭ ފެރީ ފަށައިފި

ހުޅުމީދު އަށް ބާއްވަމުން އަންނަ އެމްވީކޭގެ ފެރީގެ ހިދުމަތް މެދުކެނޑިފައިވާތާ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ފަހުން މިއަދު އަލުން ހިދުމަތް ފަށައިފި އެވެ.

އެ ހިދުމަތް ހުއްޓުމާ ގުޅިގެން އެތައް ބަޔަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. ހާއްސަކޮށް އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވަޒީފާ އަށް އަންނަ މީހުންނަށް ފެރީގެ ހިދުމަތް ހުއްޓުމުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވެ އެވެ.

މީގެ އިތުރުން ހޮސްޕިޓަލަށް އަންނަން ބޭނުންވާ މީހުންނަށާއި ވިޔަފާރީގެ ބޭނުންތަކަށް އަންނަން ބޭނުންވާ މީހުންނަށް ފެރީ ނެތުމުން، ހުރަސްތަކެއް ކުރިމަތިވެ، ހުޅުމީދޫ ރައްޔިތުން ވަނީ "ރަށު ބަންދުގައި" ތާށިވެފަ އެވެ.

އެހެން ނަމަވެސް މިއީ މިކަން ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. އެމްވީކޭ އާ ހިދުމަތް ދޭން ހަވާލު ކުރި ފަހުން އަބަދު ވެސް ހާލަތަކީ މިއީ އެވެ.

މިކަމާ އެތައް ބަޔަކު ދަނީ ޝަކުވާކޮށް، ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.