Last Updated: April 26, 18:07
Friday, April 26, 2024
ސިޔާސީ

އީނާ ކައުންސިލް ފޭދޫ ގޮނޑި އަށް ވާދަ ކުރަނީ

އައްޑޫ ސިޓީ ކައުންސިލުން ހުސްވެފައިވާ ފޭދޫ ދާއިރާގެ ގޮނޑި އަށް ޕީޕީއެމްގެ ފޭދޫ އިސް އަންހެން ހަރަކާތްރެރިއެއް ކަމަށްވާ އީނާ ނަސީރު ވާދަ ކުރަން ނިންމައިފި އެވެ.

ފޭދޫ ފަރިމާގޭ އީނާ ސޯޝަލް މީޑީގައި ހާމަކޮށްފައިވާ ގޮތުގައި އޭނާ ފޭދޫ ދާއިރާ ގޮނޑިއަށް ކުރިމަތިލަނީ ފޭދޫ ރައްޔިތުންނަށް ހިދުމަތެއްކޮށް ދިނުމުގެ މަގުސަދުގަ އެވެ.

އަދި އަންހެނެއްގެ ހައިސިއްޔަތުން އޭނާ އަށް ބަދަލެއް ގެނެވިދާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އީނާ ބުންޏެވެ.

އީނާ ވަނީ ކުރިން ގަމުގައި ހުންނަ ފްލައިން ސްކޫލްގެ އޮފީހުގައި މީގެ ކުރިން ވަޒީފާ އަދާކޮށްފަ އެވެ. ފަހުން އެންމެ ބޮޑަށް އޭނާ ފެނިފައި ވަނީ ޕީޕީއެމްގެ ހަރަކާތްތަކުންނެވެ.

1011581_10152736371108136_294006263_n

އެގޮތުން ރިޔާސީ އިންތިހާބާއި މަޖިިލިސް އިންތިހާބު ތެރޭގައި ވެސް އޭނާ ފޭދޫގައި އިސް ދައުރެއް ޕީޕީއެމްގެ ފަރާތުން އަދާކޮށްފައިވެ އެވެ.

މި މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ގޮނޑި ތަމްސީލް ކުރައްވަމުން ގެންދެވި އަބްދުﷲ އަސްވާން (އަތޯ) ހާޓް އެޓޭކެއް ޖެހިގެން އަވަހާރަވުމާ ގުޅިގެން، އެ ގޮނޑި އަށް ވާދަ ކުރުމުގެ ޝައުގުވެރިކަން ޕީޕީއެމާއި އެމްޑީޕީން އަންނަނީ ފާޅު ކުރަމުންނެވެ.

ފޭދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ދުވަހެއް އިލެކްޝަން ކޮމިޝަނުން އަދި ނުނިންމަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ތިއްބަވަނީ ހަ މެމްބަރުންނެވެ. މިހާރު ކައުންސިލްގައި ތިއްބެވީ ހުސް އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނެވެ.