Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އައްޑޫން މާދަމާ ޕާސްޕޯޓް ހަދައި ދޭން ފަށަނީ

އައްޑޫގައި މާދަމާ ޕާސްޕޯޓް ހަދައި ދިނުމުގެ ހިދުމަތް ފަށާނެ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.

މިކަމަށްޓަކައި މާދަމާ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ ވިދާޅުވި އައްޑޫން ޕާސްޕޯޓް ހަދައި ދޭން ފަށަން ނިންމީ އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓް އޮތުމުންނެވެ.

އަދި އެއީ މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު ސަރަހައްދު ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ޕާސްޕޯޓް ހަދަން މާލެ އައުމަކީ ވަރަށް ބޮޑު ތަކުލީފެއް، އަދި ބޮޑު ހަރަދެއް. އެހެންވެ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން މި ހިދުމަތް މި ފަށްޓަނީ،" އޭނާ ވިދާޅުވި އެވެ.