Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޝަރަފުއްދީނުން ވައްކަން ކުރި މީހުން ހައްޔަރުކޮށްފި

މި މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ހިތަދޫ ޝަރަފުއްދީން ސްކޫލުން ވަގަށް ނަގާފައިވާ ކޮމްޕިއުޓަރު ސިސްޓަމްތައް ހޯދައި މި މައްސަލާގައި ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 16 އަހަރުގެ ކުއްޖެކެވެ

މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 21 ވަނަ ދުވަހުގެ ވަގުތެއްގައި ޝަރަފުއްދީން ސްކޫލުން ވައްކަންކޮށްފައިވާ ކަމަށް ބުނެ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަ އާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި އިއްޔެ އެވެ.

އެސްކޫލުން ވަގަށް ނަގާފައިވާ ކޮމްޕިއުޓަރު ސިސްޓަމްތައް ފެނިފައި ވަނީ ފުލުހުންގެ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީ ހިތަދޫ ދެ ގެއެއް ބަލައި ފާސްކުރި ކުރުމުންނެވެ. މި ތަކެތި ހޯދުމަށް ފުލުހުން ކުރަމުން ދިޔަ މަސައްކަތަށް ހިތަދޫ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެ އެވެ.

މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީޤް ކުރަމުންނެވެ.