Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޢައްޒާ ފަންޑަށް ފޭދޫން 17،000ރ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އައްޑޫގައި ކުރިއަށް ގެންދާ ފައިސާ ހޯދުމުގެ ހަރަކާތުގައި އިއްޔެ ފޭދޫގައި ބެހެއްޓި ފޮއްޓަށް 17،000ރ. އަށް ވުރެ ގިނަ ފައިސާ ލިބިއްޖެ އެވެ.

ނޫރުުލް އިސްލާމް ޖަމިއްޔާ އާއި ޕާލްސް ޖަމިއްޔާ ގުޅިގެން ހިންގާ މި ހަރަކާތުގައި ފޭދޫގައި ބެހެއްޓި ފޮއްޓަށް ދިވެހި ރުފިޔާ އިން 1،7401ރ. ލިބިފައިވާ އިރު 148 ޔޫއެސް ޑޮލަރު ލިބިފައިވެ އެވެ.

މިއަދު ވެސް ރަށްރަށުގައި ފަންޑް ފޮށި ބަހައްޓާނެ އެވެ. ފޮށިތައް ހުންނާނީ މަގުތަކުގައި ހަވީރު އެވެ.

އިއްޔެ ފޭދު އާއި ހިތަދޫގައި ބެހެއްޓި ދެ ފޮށްޓަށް ދިވެހި ފައިސާ އިން ޖުމްލަ 49،656.50 އާއި 179 ޔޫއެސް ޑޮލަރު ވަނީ ލިބިފަ އެވެ.

JKLK (1)

މިދިޔަ ހުކުރު ދުވަހު ހިތަދޫގައި ބެހެއްޓި ދެ ފޮށްޓަށް ދިވެހި ފައިސާ އިން 69،804.82ރ. ގެ އިތުރަށް ބޭރު ފައިސާ އިން ވެސް ގިނަ ބަޔަކު ފައިސާ ހަދިޔާކޮށްފައިވެ އެވެ.