Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ޝާޑްގެ މަސައްކަތަށް "އައްސަރި ބަހާއި ސާބަސް"!

މި ރަމަޟާން މަހާއި ކުރިމަތިލި އިރު ހުޅުދޫގެ ގިނަ ރައްޔިތުން ތިބީ އުފަލުންނެވެ. އެބޭފުޅުންގެ ރަށުގައި ހުރި އެންމެ ބޮޑު މިސްކިތް މަރާމާތު ނުކުރެވި ހުންނަތާ އެތައް އަހަރެއް ފަހުން ދާއިރާގެ މަޖްލިސް މެމްބަރު މުަހައްމަދު ޝާހިދް (ޝާޑް)ގެ އިސް ނެގުމާއި އެކު މަރާމާތުގެ މަސައްކަތް ފެށުމުންނެވެ.

ހުޅުދޫ މަސްޖިދުލް ވަހްދާގެ މަރާމާތުގެ މަސައްކަތް ޝާޑް ފެށީ ރަށުގެ މިސްކިތްތައް އެކަށީގެންވާ ވަރަށް މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން ރަށުގެ ގިނަ ރައްޔިތުން ތަކެއްގެ ކަން ބޮޑުވުން ޝާޑްއަށް އިހްސާސް ކުރެވިގެންނެވެ.

އަބަދުވެސް ހުޅުމީދޫގެ ތަރައްޤީއަށް އެހީތެރިވަމުން އަންނަ ޝާޑްގެ މަސައްކަތުން މިއަދު މިވަނީ މަސްޖިދުލް ވަހްދާ ހުޅުދޫގެ ފުރަތަމަ އޭސީ މިސްކިތަށް ބަދަލުވެފައެވެ.

"އަޅުގަނޑު މިސްކިތުގެ މަރާމާތުގެ މަސައްކަތް ފެށީ، ގިނަ ރައްޔިތުން އެކަމަށް އެދިއެދި ތިބުމުން، މިކަމުގައި އެހީތެރިވުމުގެ ގޮތުން. އަޅުގަނޑުމެން އެބަޖެހޭ މިފަދަ މަސައްކަތްތައް ކޮށް ރަށުގެ ތަރައްޤީއަށް ވިސްނަން" ޝާޑް ވިދާޅުވިއެވެ.

ޝާޑް ވިދާޅުވީ، ހުޅުދޫގައި ގިނަ ވިޔަފާރިވެރިން ތިބި ނަމަވެސް މިފަދަ ކަންކަމުގައި ހޭދަ ކުރާ ފަރާތްތަށް މަދުކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ކުރިމަގުގައި މިފަދަ ކަންކަމުގައި އިތުރު ފަރާތްތައް ފެނިގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެމްބަރަކަށް ވުމުގެ ކުރިންވެސް ޝާޑް އަކީ ހުޅުމީދޫގެ ތަރައްޤީއަށް އެހީތެރިވަމުން އައި ޒުވާނެކެވެ. ޝާޑްގެ ހިދްމަތްތައް ރައްޔިތުން ބަލައިގަތްކަން އެގިގެން ދިޔައީ ވާދަވެރި އިންތިހާބުގައި އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ތަފާތު ބޮޑުކޮށް ބަލި ކުރެއްވައި މަޖްލިސް ގޮޑި ހޯއްދެވުމުންނެވެ.

"އަޅުގަނޑު އަބަދުވެސް ބަލަން ވީ ވަރަކުން ރަށައް، ޒުވާނުންނަށް އެހީތެރި ކަން ފޯރުކޮށްދޭން، މިކަމުގައި ހުޅުދޫއެއް މީދޫއެއް އަޅުގަނޑު ތަފާތެއް ނުކުރަން"

ހުޅުދޫ މަސްޖިދުލް ވަހްދާގެ މަރާމާތަށް ބަލާއިރު، މިސްކިތުގެ ކަރަންޓް ތްރީފޭސްއަށް ބަދަލު ކޮށް، މިސްކިތުގެ ހުރިހާ ލަކުޑި ކުޑަ ދޮރުތައް އެލްމީނިއަމް ދޮރަށް ވަނީ ބަދަލު ކޮށްފައެވެ. އަދި މިސްކިތް ބަރާބަރަށް ފިނި ކުރުމަށް 6 އޭސީ ވަނީ ހަރުކޮށްފައެވެ.

"ޝާޑްގެ މި މަސައްކަތަށް އަޅުގަނޑުމެން އައްސަރި ބަހާއި، ސާބަސް ދެން، މީ އަޅުގަނޑުމެން ދެކެން ބޭނުންވާ ޒުވާނުންނަކީ" ވަހްދާ މިސްކިތަށް ނަމާދަށް ދާ އުމުރުން ދުވަސްވީ މީހަކު މިއަދު "އައްޑޫލައިވް"އަށް ބުންޏެވެ.

ހަގީގަތުގައި ވެސް މި މަސައްކަތް ރަށުގެ ކުދި ބޮޑު އެންމެން މިވަނީ އުފަލުން ބަލައިގެންފައެެވެ.

ޝާޑް އަބަދުވެސް ވިދާޅުވާ ވާހަކައެކެވެ. އަޅުގަނޑުގެ ކުރިމަތީގައި މިވަނީ ހުޅުމީދޫއެވެ. ހަމައެކަނި ހުޅުދޫއެއް ނޫނެވެ، މީދޫގެ ތަރައްޤީވެސް ޔަޤީން ކުރައްވާނެކަމެވެ.

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުން ދާއިރު، ކޮންމެ ރަމަޟާން މަހަކު މީދޫ ޝަމްސުއްދީން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީސްއިން ބާއްވާ ގުރުއާން މުބާރާތަށް ޝާޑް މިފަހަރު މިވަނީ 50،000 ރުފިޔާގެ އެހީއެއް ވެދެއްވާފައެވެ. އެކަމަށްޓަކައި އެ އިންސްޓިޓިއުޓްގެ އިސްވެރިންނާއި މީދޫގެ ގިނަ ރައްޔިތުންގެ ޝުކުރު ވަނީ ޝާޑްއަށް ދަންނަވާފައެވެ. މީދޫ ޝަމްސުއްދީން ސްކޫލްއަށް ސައުންޑް ސިސްޓަމެއްގެ އެހީ ދެއްވި އިރު ހުޅުދޫ ސްކޫލަށްވެސް ދަނީ ތަފާތު އެހީ ވެދެއްވަމުންނެވެ. އެހީތެރިކަމުގެ ލިސްޓް ވަރަށް ދިގެވެ.

އެހެން ކަމުން ޝާޑްގެ ހީވާގި މަސައްކަތަށް "އައްސަރި ބަހާއި ސާބަސް ރައްދު ކުރަމެވެ".