Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ސީދާ އައްޑޫ އިން ޑެންގީ ޖެހުނީ ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ : ހަފްސާ

ޑެންގީ ހުން ޖެހިގެން އިއްޔެ މާލެ ފުރުވާލި އައްޑޫ ޒުވާނާ އަށް ޑެންގީ ޖެހުނީ ސީދާ އައްޑޫ އިން ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ޚަދީޖާ ހަފްސާ ވިދާޅުވެއްޖެއެވެ.

ހަފްސާ ވިދާޅުވެފައިވާ ގޮތުގައި ޑެންގީ ޖެހުނު ޒުވާނާ އަކީ ހަފުތާއެއް ހާ ދުވަހު އައްޑޫން ބޭރުގައި އުޅެފައި އައި މީހެއް ކަމަށާއި އެހެންވެ ސީދާ އައްޑޫ އިން ޑެންގީ ޖެހުނީ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

"ހަގީގަތުގައި އޭނާއަކީ މީގެ ހަފުތާއެއްހާ ދުވަހު އައްޑޫން ބޭރުގައި އުޅެފައި އައި މީހެއް. އެހެންވެ ސީދާ އައްޑޫން ޑެންގީ ޖެހުނީ ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. ޕޮޒިޓިވް ވި އެ ނޫން އިތުރު އެއްވެސް ކޭސްއެއް މިހާތަނަށް އައްޑޫން ރިޕޯޓްކޮށްފައެއް ނެތް.”ހަފްސާ ވިދާޅުވިއެވެ.

ހަފްސާ މިގޮތަށް ވިދާޅުވެފައި ވީ ނަމަވެސް މިވަގުތު ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޑެންގީ އަށް ޝައްކު ކުރެވޭ 3 މީހަކަށް ގެންދަނީ ފަރުވާ ދެމުންނެވެ.