Last Updated: May 8, 09:44
Wednesday, May 8, 2024
ވިޔަފާރި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕްރޮމޯޝަން އުރީދޫގެ "ބިގް މިލިއަން އޮފާ"

ރާއްޖެއަށް މިނިވަންކަން ލިބުނުތާ ފަންސާސް އަހަރު ފުރުމަށް ބާއްވާ މިނިވަން ފަންސާސް ހަރަކާތާއި ގުޅިގެން އުރީދޫއިން ބޮޑު ޕްރޮމޯޝަނެއް ފަށައިފިއެވެ. އުރީދޫއިން ބުނީ މިއީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ޕްރޮމޯޝަން ކަމަށެވެ.

ޖޫން 11 އިން އޮގަސްޓް 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯޝަންގައި އުރީދޫގެ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ހުޅުވިފައިވާއިރު، އޭގެ އިތުރުން 12،000 ކަށްޓަމަރަކަށް ތަފާތު ހަދިޔާތައް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ މިންވަރަކުން ކަސްޓަމަރުންނަށް ޕޮއިންޓް ލިބެމުންދާނެއެވެ.

އެގޮތުން އުރީދޫގެ "ބިގް މިލިއަން އޮފާ" ގައި ބައިވެރިވެ ކަނޑައެޅިފައިވާ ވަރަށް ޕޮއިންޓް ހާސިލްކުރާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ލިބޭ އިނާމާއި ކޮންމެ ހަފްތާއަކު ލިބޭ އިނާމުތަކުގެ އިތުރުން "ބިގް މިލިއަން ކޭޝް ޕްރައިޒް" ލިބުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. އެންމެ ގިނައިން ޕޮއިންޓް ހޯދާ ކަސްޓަމަރުންނަށް އިނާމު ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

"ބިގް މިލިއަން ކޭޝް ޕްރައިޒް" ގުޅޭ މައުލޫމާތު ދެއްވަމުން އުރީދޫގެ ހެޑް އޮފް ޕްރޮޑަކްޓްސް އަރްޝަދު ޝާކިރު ވިދާޅުވީ 10 ނަސީބުވެރިއަކަށް ޖުމްލަ އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާގެ އިނާމު ލިބޭނެ ކަމަށެވެ. އެއީ 10 ކަސްޓަމަރަކަށް 100،000 ރުފިޔާގެ މަގުންނެވެ. އަދި ކޮންމެ ހަފްތާއެއްގެ ޓާގެޓް ހާސިލްކުރައްވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރިޔާއަށް އައިފޯން 6 އެއް ލިބޭނެ އެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އަދި ހިލޭ މިނިޓްސް ލިބޭނެ ކަމަށް އަރްޝަދު ވިދާޅުވި އެވެ.

އެހެން ޕްރޮމޯޝަންތަކާ ހިލާފަށް މި ޕްރޮމޯޝަންގައި ބައިވެރިވާން ވަކިކަމެއް ކުރާކަށް ނުޖެހެ އެވެ. އުރީދޫ އިން އެސްއެމްއެސްގެ ޒަރިއްޔާ އިން ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރެއް ދުވާލެއްގެ މައްޗަށް ބޭނުންކުރަން ޖެހޭ ޓާގެޓް ފޮނުވުމުން، ކަސްޓަމަރު އެ ޓާގެޓަށް ވާސިލްވާންވީ އެވެ.