Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ހިތް އަތުލެވޭނީ ވާހަަކަ ކިޔައި ދީގެން: ދިރާސާ

އަންހެން ކުއްޖެއްގެ ހިތް އަތުލަން ބޭނުން ނަމަ އެކަން ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ހެއްވާ މަޖާ ވާހަކަ ކިޔައިދީ، ެއަންހެން ކުއްޖާ ހެއްވާލައިގެން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާ ބުނާ ގޮތުގައި އަންހެނެއްގެ ހިތް އަތުލެވޭނީ ތިމާގެ ކިބައިގައި ހުންނަ ފިރިހެންވަންތަކަން ދައްކައިގެން އެކަންޏެއް ނޫނެވެ.

އެއަށް ވުރެ ފަސޭހަ ގޮތަކީ އަޑު އަހާ ހިތްވާ ކަހަލަ ވާހަކަތައް އަންހެނުންނަށް ކިޔައި ދިނުން ކަމަށްކ ދިރާސާ އިން ވަނީ ހާމަވެފަ އެވެ.

ދިރާސާގައި ބައިވެރިވި ގިނަ އަންހެނުން ފާހަގަ ކުރި ގޮތުގައި އެ މީހުންގެ ބައިވެރިޔާ އާ މެދު އެންމެ ބޮޑަށް ހިތްހަމަޖެހެނީ އަޑު އަހާ ހިތްވާ ކަހަލަ ވާހަކަތައް ކިޔައި ދިނުމުންނެވެ.

އޭގެ ސަބަބުން ދެ މީހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރެވޭ ކަމަށް އެ މީހުން ބުންޏެވެ.

ހަމަ މިއާ މީގެ ސަބަބުން އެކަކު އަނެކަކަށް ވާހަކަ ކިޔައި ދިނުމުގެ ޝައުގުވެރިކަމާ އެކު ބައިވެރިޔާގެ އަޑު އަހާ ހިތްވުމުގެ ޝައުގުވެރިކަން ވެސް އިތުރުކޮށް ދެ އެވެ.

"ބައިވެެރިޔާ ވާހަކަ ކިޔައި ދޭ ނަމަ އޭނާގެ އަޑަަށް ސަމާލު، ދެވޭ ޝައުގުވެރިކަން އިތުރުވޭ. މީގެ ސަބަބުން ގުޅުން ވަރުގަދަކޮށްދޭ،" ދިރާސާ ހެދުމުގައި ބައިވެރިވި އޮސްޓްރޭލިއާގެ ލިޓެރަރީ ކްރިޓިކް ކާރީ ވިންޓާ ބުންޏެވެ.

އޭނާ އަދި ބުނީ ދެ މީހުން ވެސް އަމިއްލަ ކަންކަމުގެ ވާހަކަ ވަރަށް ސާފުކޮށް އަޑު އަހާ ހިތްވާ ކަހަލަ ގޮތަަކަށް ކިޔައި ދޭނެ ނަމަ އޭގެ ސަބަބުން ނަފުސާނީ ގޮތުންނާއި ޖިސްމާމީ ގޮތުން ވެސް ދުޅަހެޔޮ ކަމަށް ބާރު އަޅައި ދޭ ކަމަށެވެ.

އެހެންވެ ބައިވެރިޔާ އަށް ވަގުތުކޮޅެއް ހުސްކޮށްލަދޭށެވެ. އޭނާގެ އަޑު އަހާށެެވެ. އޭނާ ކިޔާ އެއްޗަކަށް ސަމާލުކަން ދޭށެވެ.