Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

އަންނަ މަހުން ފެށިގެން ކުރީގެ ނޫޓްތައް ހުއްްޓުމަކަށް

އަންނަ މަހުން ފެށިގެން ދިވެހި ރުފިޔާގެ ކުރީގެ ނޫޓްތައް ބޭނުން ކުރެވޭނެ ކަމަށާއި ދެން މުއާމަލާތްތަކުގައި މުޅިން ެސް ބޭނުން ކުރެވޭނީ ރަންދިހަ ފަހެއް ސީރޒްގައި ހިމެނޭ ނޫޓްތައް ކަމަށް ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ލީގަލް ޓެންޑަ ކަމުގައިވާ ރުފިޔާގެ ތެރެއިން، އޮކްޓޫބަރު 5، 2015 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ ދެ ރުފިޔާ، 10ރ، 20ރ، 50ރ، 100 ރުފިޔާ އަދި 500ރ. ގެ ހުރިހާ ކަރުދާސް ނޫޓުތަކަކީ، މި އަހަރުގެ އޮގަސްޓު މަހުން ފެށިގެން ރާއްޖޭގެ ލީގަލް ޓެންޑަ ނޫން ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިހާރެކޭ އެއްގޮތަށް އަދިވެސް 5ރ. ގެ ނޫޓް ބޭނުން ކުރެވޭނެ އެވެ.

ރައީސް މިގޮތަށް ނިންމެވީ 1981 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ރައީސް މިއަދު ނެރުއްވި ގަރާރެއްގަ އެވެ.

ރަންދިހަ ފަހެއް ސީރީޒްގެ ނޫޓަށް، ކުރީގެ ނޫޓް ބަދަލު ކުރުމަށްޓަކައި އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ އެމްއެމްއޭއަށް ހުށަހަޅާ ފަރާތްތަކަށާއި، އެ އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ބޭންކުތަކަށް ހުށަހަޅާ ފަރާތްތަކަށް އެ ނޫޓުތަކަށް ބަދަލު ދޭގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އާ ނޫޓް ސީރީސްގައި ހިމެނެނީ 10ރ، 20ރ، 50ރ، 100ރ، 500ރ. އަދި އަލަށް ތައާރަފް ކުރި 1،000ރ. އެވެ.

އަދި މިހާރު ބޭނުން ކުރަމުން އަންނަ 5ރ. ގެ ނޫޓްގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި 5ރ. ގެ ކޮއިނެއް ތައާރަފު ކުރަން އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ.