Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑްގެ އާ ކިޓް ލޯންޗުކޮށްފި

މެންޗެސްޓާ ޔުނައިޓެޑް އަންނަ ސީޒަނުގައި ބޭނުން ކުރާނެ ކިޓް ލޯންޗުކޮށްފި އެވެ.

މިއަދު ޗައިނާގެ ޝަންގހާއީގައި ކިޓު ލޯންޗު ކުރުމުގެ ހަފްލާގައި މިހާރު ޗައިނާއަށް ޕްރީ ސީޒަން މެޗުތައް ކުޅުމަށް ގޮސްފައި ތިބި ސީނިޔާ ކުޅުންތެރިން ގެ އިތުރުން ކޯޗު ޖޯސޭ މޮރީނިއޯވެސް ވަނީ ބައިވެރިވެފައެވެ.

13770345_10153906780872746_9089297175184207175_n

'ދަ ރެޑް ޑެވިލްސް' ގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރު މެންޗެސްޓާ ޔުނައިޓެޑްގެ މިފަހަރުގެވެސް ހޯމް ޖާޒީ ގައި ވަނީ ގަދަ ރަތް ކުލަ އެވެ.

13769341_10153906298027746_2834612934343745313_n

ފަހުގެ ތާރީޚެއްގައި ޔުނައިޓެޑުގެ ހޯމް ޖާޒީ ފުރިހަމަ ވެފައި ނުވާ ވަރަށް މިފަހަރުގެ ޖާޒީ އެޑިޑާސް އިން ވަނީ ފުރިހަމަކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ޖާޒީ ލޯންޗު ކުރުމުގެ ކުރިންވެސް ޕްރީ އޯޑާ ކޮށްފައެވެ.

ލޯންޗު ކުރުމަށް ފަހު ޕްރީ އޯޑާރ ކުރި މީހުންގެ އަދަދު ވަނީ އެތައް ހާސް އިތުރުވެފައެވެ. ޖާޒީއެއް ލިބޭ އަގަކީ 60 ޕައުންޑެވެ. އަތް ދިގު ނަމަ އިތުރު 5 ޕައުންޑެވެ.

ސޯޓެއްގެ އަގަކީ 30 ޕައުންޑެވެ. އިސްޓާކީނާއެކު ގަންނަން ބޭނުންވާ ފަރާތްތައް އިތުރު 13 ޕައުންޑު ދައްކަން ޖެހެ އެވެ. ފުލް ކިޓެއްގެ ޖުމުލަ އަގަކީ 103 ޕައުންޑެވެ. އެއީ ދިވެހި 2073.31 ރުފިޔާއެވެ.

ޔުނައިޓެޑުން އަދި ދައްކާލާފައި ވަނީ ހޯމް ޖާޒީ އެކަންޏެވެ. އެވޭ އަދި ތިން ވަނަ ކިޓު ދައްކާލުމާ އެކު ކިޔުންތެރިންނާ ހަމައަށް ގެނެސް ދޭނަމެވެ.